ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްދޫ ކައުންސިލުން އަމަލު ކުރާނެ ގޮތުގެ އުޞޫލު

  1. 1.  

ތަޢާރަފް:

 

މިއީ ހައްދުންމަތީ އިސްދޫ ކައުންސިލުން، ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެގޮތް ތަފްސީލްކޮށް ބަޔާކުރުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ.

 

  1. 2.       

މަޤްޞަދު:

 

މި އުޞޫލު އެކުލަވާލުމުގެ މަޤުޞަދަކީ އަތޮޅުކައުންސިލްގެ ފަރާތުން އެއްވެސް ފަރާތަކަށް މާލީ އެހީތެރިކަމެއް ވެދޭނަމަ އެކަން ދެފުށްފެންނަ އަދި އިންސާފުވެރި ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދެވޭކަން ކަށަވަރު ކުރުމެވެ.

 

  1. 3.       

މާލީ އެހީދިނުމަށް ބަޖެޓްކުރުން:

 

ކައުންސިލުން އެއްވެސް ފަރާތަކަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދެވޭނީ އެހިނގާ މާލީ (ބަޖެޓް) އަހަރުގައި އެކަމަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭފަދަ ގޮތަކަށް ބަޖެޓްގެ ކޯޑްތަކުގައި ބަޖެޓް ކުރެވި އަދި އެ އަހަރެއްގެ މަސައްކަތު ތާވަލުގައި އެ ހަރަކާތެއް ހިމެނިފައި ވާނަމައެވެ.

  1. 4.       

މާލީ އެހީ ދެވޭނެ ފަރާތްތައް:

(ހ)

 

 

 

 

ކައުންސިލުން މާލީ އެހީދޭނީ ލ. އިސްދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހަރަކާތްތެރި ކުލަބު ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ. މި އުޞޫލުގައި ފާހަގަކޮށްފައި ނުވާ އެއްވެސް ފަރާތަކަށް މާލީ އެހީތެރިކަމެއް ދެވޭނީ އެފަރާތަކަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކައުންސިލަށް ހުށަހަޅައި ކައުންސިލުން ފާސްކޮށްގެން ނެވެ.

 

  1. 5.       

ޖަމްޢިއްޔާތަކަށް ދެވޭ މާލީ އެހީ ބެހިގެން ދާނެގޮތް.

 

 

 

(ހ)

 

  (ށ)

 

 

  (ނ)

 

 

 

ޖަމްޢިއްޔާތަކަށް ދެވޭ މާލީ އެހީ ބެހިގެން ދާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

 

ކޮންމެ ޖަމްޢިއްޔާއަކަށްވެސް މުޅި ޖުމްލަ ގްރާންޓުގެ ޖަމްޢިއްޔާ ނިސްބަތުން ލިބޭ 70 އިންސައްތައެވެ.

 

ޖަމްއިއްޔާތައް މިންކުރުމުގައި ޖަމްޢިއްޔާތަކުން ފާއިތުވި އަހަރު ހިންގައިފައިވާ ޚަރަކާތްތަކަށް ބަލައި 20 އިންސަތައިން ޖެހޭ އަދަދެވެ.

 

ޖަމްޢިއްޔާތަކުން ފާއިތުވި އަހަރުގައި އަހަރީ ރިޕޯޓާއި އެހެނިހެން ލިޔުންތައް ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅާފައިވާނަމަ 10 އިންސައްތައެވެ.

 

  1. 6.       

މާލީ އެހީ ތެރިކަމަށް އެދި ހުށަހެޅުމާއި މާލީ އެހީ ދިނުން:

 

އިސްދޫ ކައުންސިލްގެ ފަރާތުން އެއްވެސް ފަރާތަކަށް މާލީ އެހީތެރިކަމެއް ދެވޭނީ އިސްދޫ ކައުންސިލުން އެކަމަކަށް އާންމުކޮށް ފުރުޞަތު ހުޅުވާލުމުން ހުޅުވާލެވޭ ފުރުޞަތުގެ ވަގުތުގައި އެކަމަށް އެދި ހުށަހަޅާފަރާތްތަކުގެ ހުށަހެޅުންތަށް އިސްދޫ ކައުންސިލުން ބަލައި އިވޭލްވޭޓް ކުރުމަށްފަހުގައެވެ.  

 

  1. 7.       

މާލީ އެހީ ތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުން އިވޭލްވޭޓް ކުރުން:

 

އިސްދޫ ކައުންސިލަށް މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ހުރިހާ ހުށަހެޅުންތަކެއްވެސް އިވެލުއޭޓް ކުރާނީ  ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އިދާރީ އިވެލުއޭޝަން ކޮމެޓީއަކުންނެވެ. މިކޮމެޓީގައި މަދުވެގެން 5 (ފަހެއް) މެންބަރުން ހިމެނެންވާނެއެވެ.

  1. 8.       

މާލީ އެހީތެރިކަމުން ހިންގޭ ހަރަކާތްތައް މޮނިޓަރ ކުރުން:

 

އިސްދޫ ކައުންސިލުން ދޫކޮށްފައިވާ މާލީ އެހީގެ ކޮންމެ ޕްރޮޖެކްޓެއްގެ ތަފްސީލް މަޢުލާމާތު ހިމެނޭ މޮނިޓަރިންގ ރިޕޯޓެއް އެ ޕްރޮޖެޓްޓެއް ނިމޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި އިސްދޫ ކައުންސިލަށް ހުށަހަޅަން ވާނެއެވެ. މި ރިޕޯޓުގައި މަޢުލޫމާތުގެ އިތުރުން ޕްރޮޖެކްޓްގެ އެކިއެކި މަރުހަލާތަކުގެ ފޮޓޯ ހިމަނަންވާނެއެވެ. މި ރިޕޯޓް އެކުލަވާލާނީ އިސްދޫ ކައުންސިލްގެ މޮނިޓަރިން ކޮމެޓީއަކުންނެވެ. މި ރިޕޯޓް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާއި ފޮޓޯ، އެ ޕްރޮޖެކްޓެއް ހިންގާ ފަރާތަކުން އިސްދޫ ކައުންސިލަށް ފޯރުކޮށްދޭން ޖެހޭނެއެވެ.

 

  1. 9.       

މާލީ އެހީ ރަނގަޅު ގޮތުގައި ބޭނުން ނުކުރާ ފަރާތްތަކަށް މާލީ އެހީގެ އިތުރު ފުރުޞަތު ނުދިނުން:

(ހ)

 

 

 

 

 

 

(ށ)

އިސްދޫ ކައުންސިލުން ދޫކޮށްފައިވާ މާލީ އެހީގެ އެއްވެސް ޕްރޮޖެކްޓެއް އެ ޕްރޮޖެކްޓެއް ހިންގަން ކަނޑައަޅާފައިވާ މުއްދަތަށް ނުނިމި ލަސްވާނަމަ ސަބަބު ބަޔާންކޮށް އެކަން ކައުންސިލަށް ހުށަހަޅަން ވާނެއެވެ. އަދި މި ހުށަހެޅުމަކީ ޤަބޫލުކުރެވޭ ހުށަހެޅުމެއްތޯ ކަނޑައަޅައި ބަލާނީ ކައުންސިލްގެ އިވެލުއޭސަން ކޮމެޓިއިންނެވެ. އަދި އެ ކޮމެޓީން އެކަމަށް އިތުރު ވަގުތު ދޭނީ އެ ޕްރޮޖެކްޓެއްގެ އެގްރިމެންޓާއި އެއްކަރުދާސް ކުރޭވޭގޮތަށް ލިޔުމުންނެވެ.

 

މާލީ އެހީ ހޯދި ޕްރޮޖެކްޓްގައި ނުހިމެނޭ ކަންކަން ކުރުމާއި އެހީ މުއްދަތުގައި ބޭނުން ނުކުރުން ފަދަ ކަންތައްތައް ކުރާފަރާތްތަކަށް އިތުރަށް މާލީ އެހީގެ ޕްރޮގްރާމުގައި ބައިވެރި ނުކުރެވޭނެއެވެ.  

 

 

  1. 10.  

މި އުޞޫލު ފާސްކުރުމުގެ ކުރިން އިސްދޫ ކައުންސިލުން ދެމުންދާ މާލީ އެހީތެރިކަން:

 

މި އުޞޫލު އިސްދޫ ކައުންސިލުން ފާސްކޮށް އާއްމުކޮށް އިޢުލާން ކުރެވޭ ދުވަހުންފެށިގެން، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކައުންސިލުން އެއްވެސް ސިފައެއްގައި މާލީ އެހީތެރިކަމެއް ދެމުންގެންދާ އުޞޫލެއް ކަނޑައެޅިފައިވާނަމަ އެ އެޞޫލެއް ބާތިލް ވާނެއެވެ.     

  1. 11.  

މާނަކުރުން:

 

"މާލީ އެހީ" ކަމަށް ބުނެފައި އެވަނީ އިސްދޫ ކައުންސިލްގެ ބަޖެޓުން އެކި އެކި ފަރާތްތަކަށް އިސްދޫ ކައުންސިލްގެ ލަނޑުދަޑިތައް ޙާޞިލްކުރުމަށް ޕްރޮޖެކްޓް ޕްރޮޕޯސަލް ގައި ހިމަނައިގެން ދެވޭ މުދަލާއި ފައިސާ ހިމެނޭގޮތުންނެވެ.

 

31 ޑިސެންބަރު 2023
ހޯދާ