ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދްމަތްތަކާމެދު ޢާންމު ރައްޔިތުންގެ ޚިޔާލް ހޯދުން

ސިވިލް ސަރވިސްގެ އިދާރާތަކުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އާންމުން ބަލައިގަންނަ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި، އިދާރާތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން އިދާރާއިން ފޯރުކޮށްދޭ ޚިދުމަތާމެދު ދެކޭގޮތް ދެނެގަނެގަތުމަށް ފަރުމާކުރެވިފައިވާ ނިޒާމެއް، 1 ޖަނަވަރީ 2024 އިން ފެށިގެން ސިވިލް ސަރވިސްގެ އިދާރާތަކުގައި ތަޢާރަފްކުރުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.

މިގޮތުން، އިދާރާއިން ހޯދި ޚިދުމަތް ވަޒަންކޮށް، ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ޚިޔާލު ހުށަހެޅުމަށް ޓަކައި، ސިވިލް ސަރވިސްގެ ކޮންމެ އިދާރާއެއްގެ އާންމުން ޚިދުމަތް ހޯދާ ސަރަހައްދުތަކުގައި ފަސޭހައިން ފެންނާނެ ގޮތަކަށް އަދި އިދާރާއިން ރާވައި ހިންގާ އެކިއެކި އިވެންޓް ނުވަތަ ރަސްމިއްޔާތުތައް ފަދަ ޙަރަކާތްތަކުގައި ނުވަތަ އިދާރާގެ ވެބްސައިޓުގައި ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި “QR Code” އެއް ބެހެއްޓިފައި ހުންނާނެއެވެ. ވުމާއެކު، އިދާރާތަކުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން މި “QR Code” ސްކޭން ކުރެއްވުމަށް ފަހު، ލިބިފައިވާ ޚިދުމަތާ ގުޅިގެން ޚިޔާލު ހުށަހެޅުއްވުމަކީ މި ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ކަމުގައި، އިދާރާތަކުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ދެއްވާ ބިނާކުރަނިވި ޚިޔާލުތަކުގެ ބޭނުންކޮށްގެން ސިވިލް ސަރވިސްގެ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް އަވަސްކޮށް ތަރައްޤީކުރުމަށް މަސައްކަތްކުރެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

31 ޑިސެންބަރު 2023
ހޯދާ