މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ޔޫ.ޕީ.އެސް ސިސްޓަމް ގަތުމަށް

ޔޫ.ޕީ.އެސް ސިސްޓަމް ގަތުމަށް

 

އަންދާސީހިސާބު ބޭނުންވެއްޖެ

         މިސަރވިސް ޑޮޕްލަރ ވެދަރ ރާޑަރ އަށް 20KVA UPS ސިސްޓަމް ގަތުމަށް ބޭނުން ވެގެން 30 ނޮވެމްބަރު 2023 ވަނަދުވަހު ކޮށްފައިވާ ނަމްބަރު (IUL)93-A/1/2023/35 އިޢުލާންގެ ކްރައިޓީރާ ލިޔުމެގު ކުށެއް އިސްލާހް ކުރަންޖެހުމާގުޅިގެން އެއިޢުލާން ބާޠިލުކޮށް 2 ވަނަފަރު އަލުން އިޢުލާން ކުރަމެވެ.

          ވީމާ، މިތަކެތި ގަނެ މިސަރވިސްއަށް ރައްދުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ބީލަން ހުށައެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވަން ހަމަޖެހިފައިވަނީ ވެސް ހަމައެދުވަހު (2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހު) ހެނދުނު 10:00 ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ  ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

       މި އިޢުލާނާގުޅޭ ޓީ.އޯ.އާރު މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

       

18 ޖުމާދުލްއާޚިރާ 1445    

                                31 ޑިސެމްބަރ 2023

31 ޑިސެންބަރު 2023
ހޯދާ