އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ އިޖުތިމާޢީމަރުކަޒު ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

އދ.މާމިގިލީ އިޖުތިމާޢީމަރުކަޒު ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ އެތަން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަންބޭނުންވެއްޖެ އެވެ.

ވީމާ، އިޖުތިމާޢީމަރުކަޒު ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އދ.މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަދި މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަވެސް ދަންނަވަމެވެ.ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2024 ޖަނަވަރީ 07 ން 2024 ޖަނަވަރީ 11 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/250 ރ ( ދުއިސައްތަ ފަންސާސް ރުފިޔާ ) އެވެ.  ބިޑް ހުށަހަޅުއްވާނީ 2024 ޖަނަވަރީ 15 ވަނަދުވަހުގެ 13:00ށް  އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .

28 ޑިސެންބަރު 2023
ހޯދާ