މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 ޑިސެންބަރު 28 ވަނަ ދުވަހު ކ.ގިރިފުށީގައި އެމް.އެން.ޑީ.އެފްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ޑިސެންބަރު  28 ވަނަ ދުވަހުގެ 19:00 އިން 21:30 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފުލެއާރސް އާއި ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 3000 މީޓަރ ދުރުމިނަށެވެ. އަދި ފުލެއާރސްއާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

27 ޑިސެންބަރު 2023
ހޯދާ