މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 ޑިސެންބަރު 30 އަދި 31 ވަނަ ދުވަހު ކ.ގިރިފުށީގައި އެމް.އެން.ޑީ.އެފްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ޑިސެންބަރު  30 އަދި 31 ވަނަ ދުވަހުގެ 18:00 އިން 23:59 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފުލެއާރސް އާއި ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 4100 މީޓަރ ދުރުމިނަށެވެ. އަދި ފުލެއާރސްއާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

27 ޑިސެންބަރު 2023
ހޯދާ