މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ. ބަރެސްދޫ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ލ. ބަރެސްދޫ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިކޯޕަރޭޝަނަށް 50 އަހަރަށް ކުއްޔަށް ދީފައިވާ، ލ. ބަރެސްދޫ (މަހަކަންފުށި ހިމެނޭ ގޮތަށް) ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ޢިއުލާން (IUL)MITDC-P/1/2023/11  އަށް އެކަޝީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ކުރިން ކުރެވުނު ޢިއުލާން ބާތިލްކޮށް، އެޓޭޗް ކުރެވިފައިވާ ޓީއޯއާރްގައިވާ ގޮތަށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

ވީމާ، ލ. ބަރެސްދޫ (މަހަކަންފުށި ހިމެނޭ ގޮތަށް) ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ)  އަދި މިފަދަ މަސައްކަތެއްކުރުމުގެ މާލީ ޤާބިލްކަންހުރި ފަރާތްތަކުން  9ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޓީއޯއާރް އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 
ސަމާލުކަން ދެއްވުމަށް: އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

އެމްއައިޓީޑީސީ ގެ އޮފީސް އެޑްރެސް: މ.އައިރިސް 7 ވަނަ ފަންގިފިލާ، ފަރީދީ ގޯޅި، މާލެ، ދިވެހިރާއްޖެ.


މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ. ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

27 ޑިސެންބަރު 2023
ހޯދާ