އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: ރަސްފަރި ރެސްޓޮރޭޝަންގެ މަސައްކަތަށް ބޭނުންވާ ޑައިވިންގ ދޯންޏެއް ކުއްޔަށް ހިފުން.

އެންވަޔަރަމަންޓަލް ޕޮރެޓެކްޝަން އެޖެންސީގެ ރަސްފަރި ރެސްޓޮރޭޝަންގެ މަސައްކަތަށް ކޮންމެ ދަތުރަކަށް ވަކިން ބިލް ކުރާ ގޮތަށް 6 މަސް ދުވަހަށް ޑައިވިންގ ދޯންޏެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކ. ރަސްފަރި ޕްރޮޓެކްޓެޑް އޭރިއާއަށް ދުވަހު ދަތުރު ގޮތުގައި ގޮސްގެންނެވެ. ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް މި އިއުލާނުގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 04 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 04 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހު 11:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، އީ-މެއިލް ކުރާނީ 03 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް (އީ.ޕީ.އޭ) ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ބާތިލުކުރުމުގެ އިޚްތިޔާރުވެސް އީ.ޕީ.އޭ އަށް ލިބިގެންވެއެވެ.

27 ޑިސެންބަރު 2023
ހޯދާ