ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ އިން ވިޔާފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުން

ހއ ދިއްދޫ މެޖިސްޓްރޭޓް ކޯޓާއި އިންވެގެން އުތުރަށްއޮތް ވައިލެޓް 17 އެވެ ކިޔާ 3551.41 އަކަފޫޓުގެ ހުސްބިން (ކުރީގެ ބޭސްފިހާރަބިން)  15 އަހަރު ދުވަހުގެ މުއްދަތަށް ވިޔަފާރި ކުރުމަށް، ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.

 

  1.  ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 (ހ)   މި ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  ހއ ދިއްދޫގައި ހުރި ހުސް ބިންތައް ކުއްޔަށް ދޫކުރުމުގެ މި ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާގޮތަށެވެ.

 (ށ)   މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 27 ޑިސެންބަރު 2023 ވާ ބުދަ ދުވަހުން ފެށިގެން 7 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

(ނ)  ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 25.00 ރުފިޔާއެވެ.

 (ރ)   ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 11 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވައިލްޓް 11 ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ބިން ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި، އެ ބިން އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

26 ޑިސެންބަރު 2023
ހޯދާ