ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވިލުފުށީ ކައުންސިލްގެ އިދާރާގައި ސޯލާ ސިސްޓަމް ހަރުކުރުން

ތ.ވިލުފުށީ ކައުންސިލްގެ އިދާރާގައި ސޯލާ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://shorturl.at/dgj57  މި ލިންކު މެދުވެރިކޮށް 2024 ޖަނަވަރީ 07 ވާ އާދީއްތަ ދުވަހުގެ 13:15 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. މި އިޢުލާނާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މި އިދާރާގެ ކޮންފަރެންސް ރޫމްގައި ކުރިއަށްދާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

 

 

ތާރީޚް

ގަޑި

ދުވަސް

ތަން

އަންދާސީ ހިސާބު ހުށަހެޅުން

14 ޖަނަވަރީ 2024

13:15

އާދީއްތަ

ކައުންސިލްގެ އިދާރާ ކޮންފަރެންސް ރޫމް

 

މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701/9998494 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2023
ހޯދާ