މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
31 ޑިސެންބަރު 2023 ވަނަ ދުވަހު ކ.ގިރިފުށީގައި އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާއިގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ޑިސެންބަރު  31 ވަނަ ދުވަހުގެ 18:00 އިން 23:59 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފުލެއާރސް ދަތުރުކުރާނީ ކ. ގިރިފުށްޓާއި ވަށައިގެންވާ ސަރަހައްދުން 300 މީޓަރ ދުރުމިނަށެވެ. އަދި ފުލެއާރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

26 ޑިސެންބަރު 2023
ހޯދާ