ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު : (IUL)ASMH-Procure/ASMH/2023/109

 

އިޢުލާން

ހޮސްޕިޓަލުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

 

ހޮސްޕިޓަލުގެ އެމްބިއުލާންސްއަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު   (IUL)ASMH-Procure/ASMH/2023/86 ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބް ހުށަހަޅުއްވާފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން ބިޑުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6845140/6845161  ގުޅުއްވުން ނުވަތަ [email protected] މެއިލްކޮށްދެއްވުން އެދެމެވެ.

ޕްރީބިޑް މީޓިންގ އަދި ބިޑުގައި ރަޖިސްޓްރީކުރުން: 03 ޖަނަވަރީ 2024، 11:00 ގައި.

އަންދާސީ ހިސާބް ހުށަހެޅުން:  14 ޖަނަވަރީ 2024، 14:00 ގައި

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

26 ޑިސެންބަރު 2023
ހޯދާ