ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީދޫ ކައުންސިލް އިދާރާގެ ފަރާތުން ފެށުމަށް ތައްޔާރުވަމުންދާ ހޭންޑްބޯލް އެކަޑަމީއާ ގުޅޭ

ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގެ ފަރާތުން ފެށުމަށް ތައްޔާރުވަމުންދާ "ހޭންޑް ބޯލް އެކަޑަމީ"ގައި ބައިވެރިވުމަށް ޝައުޤުވެރިވާ އަންހެންކުދިންނަށް ހޭންޑްބޯލް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އެކަޑަމީ ކުރިއަށް ގެންދިޔުމަށްޓަކައި ބައިވެރިންގެ އަތުން ފީ އެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ފީ އަކީ 300.00 (ތިންސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނުވާނެހެން ނެގުމަށް ހަމަޖެހިފައިވާ ފީ އެއް ކަމުގައިވެސް ދަންނަވަމެވެ. އަދި އެކަޑަމީ ފެށުމަށްޓަކައި ކޮންމެ ބައިވެރިއެއްގެ އަތުން ކިޓް ފީއެއް ނެގުމަށް ހަމަޖެހިފައިވެއެވެ. އަދި މި އެކަޑަމީ ޚާއްސަކުރެވިފައިވަނީ ހަމައެކަނި 16 އަހަރުން ދަށުގެ އަންހެންކުދިންނަށް ކަމުގައިވެސް ދަންނަވަމެވެ.

            ވީމާ، ހޭންޑްބޯލް އެކަޑަމީގައި ބައިވެރިވުމަށް ޝައުޤުވެރިވާ 16 އަހަރުން ދަށުގެ އަންހެންކުދިން، 11 ޖެނުއަރީ 2024ވާ ބުޜާސްފަތި ދުވަހުގެ 13:00ގެ ކުރިން އެކަޑަމީގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހޭންޑްބޯލް އެކަޑަމީއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ 9:00ން 13:00އަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6760042އަށް ގުޅުއްވުން އެދެމެވެ. 

25 ޑިސެންބަރު 2023
ހޯދާ