ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްނަގައި ދޭނެ ފަރާތެއް ހޯދުން

            ތިރީގައި މިދަންނަވާ ތަންތަނުގައި ހުރި ރުއްތައް ބުޑުން ނަގާ ތަން ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ޑިސެމްބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފުރުޞަޠު ހުޅުވާލަމެވެ.

            އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވިޔަފާރީގެ ނަމުގައި ތައްޔާރުކުރެވިފައިވާ ކޮޓޭޝަންއަކުން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ތައްޔާރުކުރެވިފައިވާ ކޮޓޭޝަންގައި މަސައްކަތްކޮށްދެވޭނެ އަގާއި މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި " ރުއް ނެގުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

      ރުއް ހުރި ސަރަހައްދު

  1. ސަހަރާ ދޮރުމަތީ ހުރި 1 ރުއް
  2. ޒިކުރާ މިސްކިތް ގޯތި ތެރޭގައި ހުރި 1 ރުއް

   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޑިސެންބަރު 2023
ހޯދާ