މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫ ކައުންސިލް ކެފޭ ކުއްޔަށް ދޫކުރުމާއި ބެހޭ:

މި އިޢުލާންވަނީ 25 ޑިސެންބަރު 2023 14:04 ގައި ބާތިލް ކުރެވިފައެވެ.


މިރަށު ބަނދަރު ސަރަހައްދުގައި ޢިމާރާތް ކޮށްފައިވާ '' ކައުންސިލް ކެފޭ '' ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް ފޯރުކޮށް ދެވޭނެއެވެ.

ބީލަން ރަޖިސްޓްރީ ކުރުން

26 ޑިސެންބަރު 2023 ވަނަ ދުވަހުން ފެށިގެން 31 ޑިސެންބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއެކު ދައްކަންޖެހޭ ފައިސާ، ޖުމްލަ -/150 (އެއްސަތޭކަ ފަންސާސް ރުފިޔާ) ދެއްކި ކަމުގެ ރަސީދު، [email protected]  އަށް މެއިލް ކުރެއްވުން އެދެން، ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް، ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

ބީލަން ހުށަހެޅުން

6 ޖަނަވަރީ 2024 ވަނަ ދުވަހުގެ 10:30 ގައި ލަންދޫ ކައުންސިލް އިދާރާގައި

                        ވީމާ، މި އިޢުލާން އާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަމްބަރ 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުންވެސް މަޢުލޫމާތު ސާފުކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަން ތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.   

25 ޑިސެންބަރު 2023
ހޯދާ