ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤާރީ ކޯސް ސެޓުފިކެޓު ލެވެލް 3

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން 2015 ވަނަ އަހަރު މޭ މަހު ތިރީގައި ދެންނެވިފައިވާ ކޯސް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ޤާރީ ކޯސް ސެޓުފިކެޓު ލެވަލް 3

ޝަރުޠު: ޤާރީކޯސް ސެޓުފިކެޓް ލެވެލް 2 ހަދާފައިވުން.

މުއްދަތު: 7 މަހާއި 15 ދުވަސް

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން މިމަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 19 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މި ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ކުރިމަތިލާފައިތިބި ދަރިވަރުންގެ ތެރެއިން ލެވެލް 2 ގައި އެންމެ މަތިން މާކްސް ހޯދާފައިވާ ދަރިވަރުންނަށެވެ.

02 ޖުމާދަލްއާޚިރާ 1436

22 މާރިޗު 2015
ހޯދާ