ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2024" އަދި "ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2024" ޢާންމުކުރުން

"ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2021 (ފުރަތަމަ އިޞްލާޙު)" އަދި "ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2021 (ފުރަތަމަ އިޞްލާޙު)"ގެ ތިރީގައި ބަޔާންކޮށްފައިވާ ބައިތައް އިސްލާހުކޮށް، މި ސަރކިއުލަރއާއެކު "ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2024" އާއި، "ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2024" ޢާންމުކުރީމެވެ.

 

ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލަށް ގެނެވުނު އިސްލާޙުތައް:

1.

އުޞޫލުގެ 5.2 ވަނަ މާއްދާއަށް ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިން މަސައްކަތްކުރާ އިދާރާގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ބައިގެ ދައުރު އިތުރުކުރުން.

2.

އުޞޫލުގެ 6 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ ކަންތައްތައް ހިނގާނެ ގޮތުގެ ތާވަލު އިޞްލާހުކުރުން.

3.

އުޞޫލުގެ 7 ވަނަ މާއްދާގެ 7.1 އަދި 7.2 ގެ މަސައްކަތުގެ ފެންވަރު ބެލުމުގައި ދާއިރާގެ އިސްވެރިޔާ/ބޯޑުގެ އިސްވެރިޔާ، ސަބޯޑިނޭޓުން، އިދާރާގެ މުވައްޒަފުން، އަދި މުވައްޒަފު އަމިއްލައަށް ފުރާ ފޯމަށް މާކުސް ދޭނެގޮތާއި ބަލާނެ މިންގަނޑު އަދި ޓާގެޓް އެޗީވްމަންޓް ފޯމަށް މާކުސްދޭނެގޮތާއި ބަލާނެ މިންގަނޑު އިޞްލާހުކުރުން.

4.

އުޞޫލުގެ 8.1 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރުބެލުމުގައި މުއްދަތު ބެލުމަށް އަމަލުކުރާނެ ގޮތް އިޞްލާހުކުރުން.

5.

އުޞޫލުގެ 8.2 ވަނަ މާއްދާގެ ވަގުތީގޮތުން އިދާރާތައް ހިންގުމުގެ ޒިންމާ ހަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުން އިޞްލާހުކުރުން.

6.

އުޞޫލުގެ 8.4 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރުބެލުމާ ގުޅިގެން ލިބޭ ނަތީޖާ ނުވަތަ މަސައްކަތް ފާހަގަކުރުން އުޞޫލައް އިތުރުކުރުން.

7.

އުޞޫލުގެ 8.5 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރު ބެލުމުން ލިބުނު ނަތީޖާއާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުން އިޞްލާހުކުރުން.

8.

އުޞޫލުގެ 9 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރުބެލުމުގައި ފުރިހަމަކުރަންޖެހޭ ފޯމުތައް ނުފުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް އުޞޫލަށް އިތުރުކުރުން.

9.

އުޞޫލުގެ ޖަދުވަލު 2 ގެ "ދާއިރާގެ އިސްވެރިޔާ ފުރާ ފޯމު" އަށް ފޯމުގައި ހިމަނާފައިވާ ބައިތަކުގެ އިތުރުން "އިދާރާއިން އިތުރުކުރުމަށް" މި ބައި އިތުރުކުރުން.

ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލަށް ގެނެވުނު އިސްލާޙުތައް:

  1. އުޞޫލުގެ 3 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރުބެލުމުގައި އަތޮޅު ކައުންސިލްތަކުން ބައިވެރިވާނެ ފަރާތްތަކުގެ ތެރެއިން އަތޮޅު ކައުންސިލްގެ މެންބަރުން ފުރާ ފޯމު އުނިކުރުން.
  2. އުޞޫލުގެ 6 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ ކަންތައްތައް ހިނގާނެ ގޮތުގެ ތާވަލު އިޞްލާހުކުރުން.
  3. އުޞޫލުގެ 6 ވަނަ މާއްދާގެ 6.1 އަށް ރަށު ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އިދާރީ މަސައްކަތްތައް އަތޮޅު ކައުންސިލުން ކުރިއަށް ގެންދާނެގޮތުގެ ތާވަލު އިތުރުކުރުން.
  4. އުޞޫލުގެ 7 ވަނަ މާއްދާގެ 7.1 އަދި 7.2 ގެ މަސައްކަތުގެ ފެންވަރު ބެލުމުގައި ކައުންސިލްގެ މޭޔަރ/ރައީސް، ކައުންސިލްގެ މެންބަރުން، ކައުންސިލްގެ މުވައްޒަފުން އަދި މުވައްޒަފު އަމިއްލައަށް ފުރާ ފޯމަށް މާކުސް ދޭނެގޮތާއި ބަލާނެ މިންގަނޑު އަދި ޓާގެޓް އެޗީވްމަންޓް ފޯމަށް މާކުސްދޭނެގޮތާއި ބަލާނެ މިންގަނޑު އިޞްލާހުކުރުން.
  5. އުޞޫލުގެ 8.1 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރުބެލުމުގައި މުއްދަތު ބެލުމަށް އަމަލުކުރާނެ ގޮތް އިޞްލާހުކުރުން.
  6. އުޞޫލުގެ 8.2 ވަނަ މާއްދާގެ ވަގުތީގޮތުން އިދާރާތައް ހިންގުމުގެ ޒިންމާ ހަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުން އިޞްލާހުކުރުން.
  7. އުޞޫލުގެ 8.4 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރުބެލުމާ ގުޅިގެން ލިބޭ ނަތީޖާ ނުވަތަ މަސައްކަތް ފާހަގަކުރުން އުޞޫލައް އިތުރުކުރުން.
  8. އުޞޫލުގެ 9 ވަނަ މާއްދާގެ މަސައްކަތުގެ ފެންވަރުބެލުމުގައި ފުރިހަމަކުރަންޖެހޭ ފޯމުތައް ނުފުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް އުޞޫލަށް އިތުރުކުރުން.

ވުމާއެކު، ސިވިލް ސަރވިސްގެ އިދާރާތައް ހިންގުމުގެ ޒިންމާ ހަވާލުކުރެވޭ މުވައްޒަފުންނާ އަދި ވަގުތީގޮތުން އިދާރާތައް ހިންގުމުގެ ޒިންމާ ޙަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ މަސައްކަތް މި އުޞޫލުތަކުގައިވާ ގޮތުގެ މަތިން ކުރިޔަށްގެންދިއުމަށް ދަންނަވަމެވެ. އަދި ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2024 އާއި، ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2024 އަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2024 އިން ފެށިގެން ކަމުގައި ވާތީ، 2023 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2021 (ފުރަތަމަ އިޞްލާޙު) އަދި ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2021 (ފުރަތަމަ އިޞްލާޙު) އާ އެއްގޮތަށް ކަމުގައި ވެސް ދެންނެވީމެވެ.

21 ޑިސެންބަރު 2023
ހޯދާ