މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުސްތާޛް އިބްރާހީމް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް "ގުރައިދޫ ތަރި 1445" މުބާރާތައް ސްޕޮންސަރ ހުށައެޅުން

­­­­­­­­­­­­­­­­­­­­­­­­­އިޢުލާން

 

                  އުސްތާޛް އިބްރާހީމް ރިޟާގެ ހަނދާނުގައި " ގުރައިދޫ ތަރި" 1445 ގެ ނަމުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބަރާތް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. މި މުބާރާތަކީ ކ.ގުރައިދޫގައި ބޭއްވޭ އެންމެ ފެންވަރު ރަނގަޅު މުބާރާތްކަމަށް ހެދުމަށް ކައުންސިލުން މިދަނީ މަސައްކަތްކުރަމުންނެވެ. މި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަޠު ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ. މުބާރާތުގައި އެންމެ މޮޅު 10 ވަނަ ހޮވައި އެބައިވެރިންނަށް އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވަނަތަކަށް އިނާމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން  އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މަޤްޞަދު:

                 މި މުބާރާތުގެ މަޤްޞަދަކީ،  ކ. ގުރައިދޫގެ ދަރިވަރުންނާއި، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، އަދި އެފަންނު ތަރައްޤީ ކުރުމަށް މަސައްކަތްކުރުމާއެކު، ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުގެ ޙުކުމްތަކާ އެއްގޮތަށް ޤުރްއާން ކިޔެވުމަށް ހިތްވަރު ދީ،  ކީރިތި ޤުރްއާނަށް ކަމޭހިތައި، އެ ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ އިތުރަށް، ޢުލޫމުލް ޤުރްއާނާއި، ތަފްސީރުގެ ފަންނު ދިރުވައި އަލާކޮށް،  ކީރިތި ޤުރްއާން ތަދައްބުރުކޮށް، އެ ޤުރްއާނާމެދު ވިސްނާ ފިކުރުކުރުމާއެކު، އިސްލާމީ ވަޙްދަތު ޤާއިމްކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ.

 

މުބާރާތް ރޭވިފައިވާގޮތް:

                 މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، 2023 ޑިސެމްބަރު:  28،29،30 އަދި 04 ޖެނުއަރީ 2024 މި ހަތަރު ދުވަހު އެވެ. މުބާރާތުގެ ފައިނަލް ބުރާއެކު 04 ބުރު ކުރިއަށް ދާނެއެވެ.

                 ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ހުށަހެޅުއްވުން އެދެމެވެ. 

                 ވީމާ، އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

21 ޑިސެންބަރު 2023
ހޯދާ