ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

އިޢުލާން

2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި، މިކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

  1. މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިޓްރޭޝަން
  2. މާސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ގަވަރނަންސް
  3. މާސްޓަރ އޮފް ބިޒްނަސް މެނޭޖްމަންޓް
  4. ޗައިނީޒް ލޭންގުއޭޖް ބިގިނަރޒް ކޯސް
  5. ޗައިނީޒް ލޭންގުއޭޖް އެލެމެންޓްރީ ކޯސް

 


 

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ކިޔަވައިދޭ ގޮތް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް

ލެވެލް 9

މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިޓްރޭޝަން

  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 7 ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުން.

ނުވަތަ،

  • އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 5 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3.5 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 5 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން). އަދި ހަމައެއާއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. (ޕްރީ-މާސްޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް އައި.ޔޫ.އެމް އިން ކުރިއަށް ގެންދާ ޕްރީ-މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ވާހަކަ ދަންނަވަން)

ނުވަތަ،

  • އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 6 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 6 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން). އަދި ހަމައެއާއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. (ޕްރީ-މާސްޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް އައި.ޔޫ.އެމް އިން ކުރިއަށް ގެންދާ ޕްރީ-މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ވާހަކަ ދަންނަވަން)

 

ނޯޓް: ޙާޞިލްކޮށްފައިވާ ސެޓްފިކެޓަކީ ގުޅޭދާއިރާއެއްގެ ސެޓްފިކެޓަކަށް ނުވާނަމަ، )ފިޤްހް 1، ފިޤްހް 2، ޢަޤީދާ 1 އަދި ޢަޤީދާ 2) މިމާއްދާތައް، ކޯހުގައި ކިޔަވައިދޭ މާއްދާތަކުގެ އިތުރަށް ކިޔަވަންޖެހޭނެއެވެ.

ދިވެހި

ބްލެންޑެޑް

ހަފްތާ ބަންދު އަދި ހަވީރު

25

1 އަހަރު (2 ސެމިސްޓަރ)

މާލެ

މޯޑް 1 )ކޯސް ވާރކް(: 31,600/- ރުފިޔާ

މޯޑް 2 (ކޯސް ވާރކް އަދި ރިސާޗް): 35,500/- ރުފިޔާ

                       

 

 

ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް ސްޓަޑީޒް

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ކިޔަވައިދޭ ގޮތް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް ސްޓަޑީޒް

ލެވެލް 9

މާސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ގަވަރނަންސް

  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 7 ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުން.

ނުވަތަ،

  • އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 5 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3.5 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 5 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން). އަދި ހަމައެއާއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. (ޕްރީ-މާސްޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް އައި.ޔޫ.އެމް އިން ކުރިއަށް ގެންދާ ޕްރީ-މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ވާހަކަ ދަންނަވަން)

ނުވަތަ،

  • އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 6 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 6 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން). އަދި ހަމައެއާއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. (ޕްރީ-މާސްޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް އައި.ޔޫ.އެމް އިން ކުރިއަށް ގެންދާ ޕްރީ-މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ވާހަކަ ދަންނަވަން)

އިނގިރޭސި

ކުލާހަށް ޙާޟިރުވެގެން / ބްލެންޑެޑް

ހަފްތާ ބަންދު އަދި ހަވީރު

30

1 އަހަރު (2 ސެމިސްޓަރ)

މާލެ – ލ. ފޮނަދޫ – ފުވައްމުލައް ސިޓީ – ޅ. ނައިފަރު – އައްޑޫ ސިޓީ މީދޫ

މޯޑް 1 )ކޯސް ވާރކް( /

މޯޑް 2 (ކޯސް ވާރކް އަދި ރިސާޗް):  34,225/- ރުފިޔާ

ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް ސްޓަޑީޒް

ލެވެލް 9

މާސްޓަރ އޮފް ބިޒްނަސް މެނޭޖްމަންޓް

  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 7 ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުން.

ނުވަތަ،

  • އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 5 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3.5 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 5 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން). އަދި ހަމައެއާއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. (ޕްރީ-މާސްޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް އައި.ޔޫ.އެމް އިން ކުރިއަށް ގެންދާ ޕްރީ-މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ވާހަކަ ދަންނަވަން)

ނުވަތަ،

  • އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 6 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 6 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން). އަދި ހަމައެއާއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. (ޕްރީ-މާސްޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް އައި.ޔޫ.އެމް އިން ކުރިއަށް ގެންދާ ޕްރީ-މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ވާހަކަ ދަންނަވަން)

އިނގިރޭސި

ކުލާހަށް ޙާޟިރުވެގެން

ހޮނިހިރު އަދި ހަވީރު

30

1 އަހަރު (2 ސެމިސްޓަރ)

މާލެ – ލ. ފޮނަދޫ – ފުވައްމުލައް ސިޓީ – ޅ. ނައިފަރު – އައްޑޫ ސިޓީ މީދޫ

މޯޑް 1 )ކޯސް ވާރކް( /

މޯޑް 2 (ކޯސް ވާރކް އަދި ރިސާޗް):  34,225/- ރުފިޔާ


 

ސެންޓަރ ފޯ ކޮންޓިނިއުއިންގ އެޑިޔުކޭޝަން

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ގޮތް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

 

ސެންޓަރ ފޯ ކޮންޓިނިއުއިންގ އެޑިޔުކޭޝަން

-

ޗައިނީޒް ލޭންގުއޭޖް ބިގިނަރޒް ކޯސް

  • ވަކި ޝަރުތެއް ނެތް

ކުލާހަށް ޙާޟިރުވެގެން

ހަވީރު އަދި ރޭގަނޑު

30

6 ހަފްތާ (ހަފްތާއަކު 2 ދުވަސް)

މާލެ

2,700/- ރުފިޔާ

 

އޮންލައިން

ހަވީރު އަދި ރޭގަނޑު

30

 

ކުލާހަށް ޙާޟިރުވެގެން

ހަފްތާ ބަންދު

30

 

ސެންޓަރ ފޯ ކޮންޓިނިއުއިންގ އެޑިޔުކޭޝަން

-

ޗައިނީޒް ލޭންގުއޭޖް އެލެމެންޓްރީ ކޯސް

  • ޗައިނީޒް ލޭންގުއޭޖް ބިގިނަރޒް ލެވެލްއާ އެއްފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ކުލާހަށް ޙާޟިރުވެގެން

ހަވީރު އަދި ރޭގަނޑު

30

12 ހަފްތާ (ހަފްތާއަކު 2 ދުވަސް)

މާލެ

5,100/- ރުފިޔާ

 

އޮންލައިން

ހަވީރު އަދި ރޭގަނޑު

30

 

ކުލާހަށް ޙާޟިރުވެގެން

ހަފްތާ ބަންދު

30

 

 

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 7 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ. މީގެ އިތުރުން އައި.ޔޫ.އެމް ލާރނިންގ ސެންޓަރު (ލ.ފޮނަދޫ - ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރު (ފުވައްމުލައް ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރު (ޅ. ނައިފަރު - ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)އަދިއައްޑޫ ސިޓީ މީދޫ - ޝަމްސުއްދީން ލާރނިންގ ސެންޓަރ އަށް ހުށަހެޅޭނެއެވެ. އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ. އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

      މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް  www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3022120 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. 

މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ހޯދެއްވުމަށް މި ލިންކަށް ފިއްތާލައްވާ https://www.ium.edu.mv/gazette/283

 

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

 

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
  • ލިބިފައިވާ ސަނަދުތަކުގެ އެޓެސްޓެޑް ސާފު  ކޮޕީ .
  • އައިޑީކާޑުގެ ސާފު ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.

 

  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • އައި.ޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3022120 ނަންބަރަށެވެ. ނުވަތަ ޔުނިވަރސިޓީގެ ހޮޓްލައިން 7923247 ނަންބަރަށެވެ.

 

  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ލ.ފޮނަދޫ (ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީ (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ،އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރު (ކުރީގެ ނޫރާނީ ޕްރީ-ސްކޫލް) އަދި އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލައް ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ޅ. ނައިފަރު - ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރ)
  • އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ.
  • އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

07 ޖުމާދަލްއާޚިރު 1445

20 ޑިސެންބަރު 2023

20 ޑިސެންބަރު 2023
ހޯދާ