މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޒަކު ހޯދުން

1445 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގައި ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، މިއިދާރާގެ ނަމްބަރ 4000311 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 31 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގުގެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާނީ ނުވަތަ ފޯނުންނަމަ ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 1:30 އަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފަރާތްތަކުން އީމެއިލް ކުރައްވާނީ [email protected] އަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަނޑައެޅުމުގައި ބަލަން ހަމަޖެހިފައިވަނީ އަގަށް %90 އަދި ތަޖުރިބާއަށް އެވެ.

21 ޑިސެންބަރު 2023
ހޯދާ