ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރަށް އެކުލަވާލާ މިސްކިތު މަސައްކަތު ޕޫލަށް މީހުން ހޯދުން

2024 ވަނަ އަހަރަށް އެކުލަވާލާ މިސްކިތު މަސައްކަތު ޕޫލަށް މީހުން ހޯދުން                   

  މަޤާމު:

  ކައުންސިލް އެސިސްޓެންޓް ( ވަގުތީ )                                                                                                                                                                                                                                                                                                           

 ބޭނުންވާ އަދަދު:

10 ފިރިހެން އަދި 10 އަންހެން

  މަޤާމުގެ ގިންތި:

 ވޭޖް

  މަޤާމުގެ ރޭންކު:

 އެސް. އެސް. 1

 މަގާމުގެ ކޮލިފިކޭޝަން :

 ސަޕޯޓް ސްޓާފް ގްރޭޑް 1

 ވަޒީފާ އަދާކުރަންޖެހޭ ތަން:

  ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް  45/- (ސަޅީސް ފަހެއް) ރުފިޔާ

  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިސްކިތާއި މިސްކިތުގެ ދޮރުތަކާއި ކަބަޑު، ފޮތް ހަރުގަނޑު، ފަންކާ، ހޮޅިބުރި، އޭސީ ފަދަ ތަކެތި ފޮޅައި ސާފުކުރުން
  2. މިސްކިތުގެ ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުން
  3. މިސްކިތު ވަޅުތައް ދިޔަހިއްކާ ސާފުތާހިރުކޮށް ބެލެހެއްޓުން
  4. މިސްކިތުގައި ދީނީ ދަރުސްދިނުން ފަދަ ޕްރޮގުރާމްތައް ބާއްވާނަމަ އެ ފަދަ ޕްރޮގުރާމްތައް ބޭއްވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން އިމާމަށާއި އިދާރާއަށް ދިނުން
  5. މިސްކިތުގައި ކުރާ މަރާމާތުތަކަށް އެހީތެރިވެދިނުން
  6. މިސްކިތުގައި ކުރަންޖެހިފައިވާ މަރާމާތުކުރުމުގެ މަސައްކަތްތައް އިމާމުގެ އަދި ކައުންސިލް އިދާރާގެ ސަމާލުކަމަށް ގެނައުން
  7. ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
  8. ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
  9. މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ވަށައިގެންވާ މަގުތައް ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

10. މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން

11. މިސްކިތް ސާފުކޮށް ނެގޭ ކުނި ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން އުކާލުން

12. މިސްކިތުގެ ގޯތިތެރޭގައި ގައުޖަހާފައިވާ ތަންތަނުން ކޮންމެ ދުވަހަކު ވެލިތައް ކެހުމާއި، ގައުތަކުގައި ފެހިޖެހިޔަ ނުދީ ގައުތައް ދޮވެ ސާފުކުރުން

13. މިސްކިތުގައި ބެހެއްޓިފައިވާ މުސްޙަފުތަކާއި ފޮތްތައް ފޮހެ ސާފުކުރުމާއި، މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން

14. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓުތައް ދިއްލުމާއި، ފަންކާތައް ޖެހުން

15. ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި، ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި، ދޮރުތައް ލެއްޕުން

16. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ، ފެންދީ، ބެލެހެއްޓުމާއި، ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތައް ރީތިކޮށް ކޮށައި، ސާފުކޮށް ބެލެހެއްޓުން                        

މަޤާމުގެ ޝަރުތުތައް:

   ލިޔަން ކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް ނުވަތަ އައިޑީކާރޑް
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ވަޒީފާއަށް އެއްމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމް
  • ތަމްރީން
  • ލިބިފައިވާ މަސައްކަތު ދާއިރާގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ގައްދޫ ކައުންސިލްގެ އިދާރާއަށެވެ. ނަމަވެސް އިޢުލާނުގެ މުއްދަތު ހަމަވާއިރު މަޤާމަށް ބޭނުންވާ އަދަދަށް މީހުން ނުލިބޭ ކަމުގައިވާނަމަ އިޢުލާނުގައި ބުނާ އަދަދަށް މީހުން ހަމަވަންދެން ޕޫލަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.

                                                19 ޑިސެމްބަރ 2023

19 ޑިސެންބަރު 2023
ހޯދާ