މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުން

އިޢުލާން

ށ.ފޭދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުމާއި ބެހޭ

               ށ.ފޭދޫ އިން ދިރިއުޅުމަށް 3000 އަކަފޫޓުގެ  51 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާތީ މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.  ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ދިރިއުޅުމަށްޓަކައި ށ.ފޭދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" އާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް، މާރކްސް ދީ، އެންމެ މަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ.

މި އުޞޫލުގެ ދަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ މީހުންނަށެވެ.

  • ދިވެހި ރައްޔިތަކު ކަމުގައިވުން

 

  • ޢުމުރުން 18 އަހަރުވެފައިވުން

 

  • ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ލިބިފައި ނެތުން

 

  • ރާއްޖޭގެ އެއްވެސް ތަނަކުން 1000 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން، އަދި 1000 އަކަފޫޓަށްވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ލިބިފައިވާނަމަ މިފަދަ ބައެއް މި އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލަން އެއްބަސްވުން

 

  • ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި މި އުޞޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤްރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.)

ގޯއްޗަށްއެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

 

  • ގޯއްޗަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ފޮޓޯކޮޕީ

 

  • ގޯއްޗަށް އެދޭ މީހާގެ އަނބި / ފިރިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ.

 

  • ވަރި / ކައިވެނީގެ ސެޓްފިކެޓްގެ ފޮޓޯކޮޕީ

 

  • ގޯއްޗަށް އެދި ހުށަހަޅާ ފަރާތާއި އަދި އަނބި / ފިރިމީހާގެ އުފަންދަރިން ތިބިނަމަ އެކުދިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ

 

  • ގޯއްޗަށް އެދި ހުށަހަޅާ ފަރާތާއި އަދި އަނބި / ފިރިމީހާގެ އުފަންދަރިން ތިބިނަމަ އެކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓްގެ ކޮޕީ

 

  • އުފަން ދަރިން ފިޔަވާ ޝަރުއީ ގޮތުން ކޯޓް މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ ކުއްޖަކު ނުވަތަ 01 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ ކޯޓުން ނިންމިގޮތް އަންގައިދޭފަދަ ލިޔުމުގެ ކޮޕީ

 

  • ފޯމު ހުށަހަޅާ ފަރާތަކީ އެކަނިވެރި ބައްޕައެއް ނަމަ (ކައިވެނިރޫޅި ދަރިންބަލަމުންދަނީ ބައްޕަގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކަމުގައިވާނަމަ، އެ ދަރި(ން) ބެލެހެއްޓުން ޙަވާލުވެފައިވާ ކަމުގެ ޝަރުޢީ ކޯޓެއްގެ ޞައްޙަ ލިޔުން

 

  • ފޯމު ހުށަހަޅާ ފަރާތުގެ ކައިވެނި ރޫޅިފައިވާ ޙާލަތުގައި ވާ ބައްޕައެއްނަމަ، އެދެމީހުންގެ އުފަން ދަރިން ބަލަހައްޓަމުން ދަނީ މަންމަ ނުވަތަ އެހެން ފަރާތަކުން ކަމުގައި ވަނީނަމަ، ބައްޕަ ދަރިންނަށް ދޭންޖެހޭ ޝަރުޢީ ޚަރަދު ދޭކަމުގެ ޝަރުޢީ ލިޔުމުގެ ޞައްޙަ ކޮޕީ ނުވަތަ ދަރިން ބަލަހައްޓާ ފަރާތަށް ދަރިންގެ ޚަރަދު ބައްޕަ ދޭކަމުގެ ލިޔުން

 

  • ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖަކު ގޯއްޗަށް އެދޭ ފަރާތުގައި ހުރިނަމަ، އެކަން ބަޔާންކޮށް ޚާއްޞަ ޑޮކްޓަރަކު ދޫކޮށްފައިވާ ލިޔުން

 

  • ގޯއްޗަށް އެދޭ ފަރާތަކީ ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްނަމަ، އެކަން ބަޔާންކޮށް ޚާއްޞަ ޑޮކްޓަރަކު ދޫކޮށްފައިވާ ލިޔުން

 

  • ޞިއްޙީ މައްސަލައެއްގެ ސަބަބުން ދަރިން ލިބުމުން މަޙްރޫމްވެފައިވާނަމަ ނުވަތަ މިފަދަ ކަމަކަށް ފަރުވާ ހޯދަމުންދާނަމަ އެކަން ބަޔާންކޮށް ޚާއްޞަ ޑޮކްޓަރަކު ދޫކޮށްފައިވާ ލިޔުން

 

  • އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއް، ފުލެޓެއް، ރޯހައުސްއެއް އޮތްކަމަށް ގޯއްޗަށް އެދި ފުރިހަމަކޮށް ހުށަހަޅާ ފޯމުގައި މަޢުލޫމާތު ހިމަނާފައިވާނަމަ، އެ ގޯތި(ތައް)، ފުލެޓް(ތައް) އަދި ރޯހައުސް(ތައް)ގެ ރަޖިސްޓަރީގެ ކޮޕީ

 

  • ގޯއްޗަށް އެދި ފުރިހަމަކޮށް ހުށަހަޅާ ފޯމާއި ގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރާ އެންމެހާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ.

 

ފޯމް ދޫކުރުން:

2023  ޑިސެމްބަރ 20 އިން 2024 ޖަނަވަރީ 4 ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން 14:00 ގެ ނިޔަލަށް ށ.ފޭދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމު ދޫކުރާނެއެވެ. އަދި ފޯމް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، ށ.ފޭދޫ ކައުންސިލް އިދާރާގެ ވެބުސައިޓުން ލިބެން ހުންނާނެއެވެ.

ފޯމް ބަލައިގަތުން:

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޑިސެމްބަރ 20 ވަނަ ދުވަހުން ފެށިގެން 2024 ޖަނަވަރީ 4 ގެ ނިޔަލަށް ކޮންމެ ރަސްމީދުވަހެއްގެ 9:30 ން 12:30  އަށް ށ.ފޭދޫ ކައުންސިލް އިދާރާއިންނެވެ.  

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ

ފޭދޫ ކައުންސިލްގެ އިދާރާ

ފޯނުނަމްބަރ.

ވެބްސައިޓް

އީމެއިލް

6540045

www.feydhoo.gov.mv

[email protected]

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 
19 ޑިސެންބަރު 2023
ހޯދާ