ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ދިޔަމިގިލީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ދިޔަމިގިލީ ސްކޫލް

ތ. ދިޔަމިގިލި ، ދިވެހިރާއްޖެ  

                            ނަންބަރު: DM / 04 / 2023 /I-14

                    އިޢުލާން

 2024 ވަނަ އަހަރު ދިޔަމިގިލީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

                       01 ޖެނުއަރީ 2024  އިން  31 ޑިސެމްބަރ 2024ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެމްބަރު 2023 އިން  26 ޑިސެމްބަރު 2023  އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9.00 ން 14.00 އަށް މިސްކޫލަށް ހާޒިރުވެ ނުވަތަ ފޯނު މެދުވެރިކޮށް ސްކޫލް އޮފީހުގައި ނަން ނޯޓް ކުރުން އެދެމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. އަދި ނަން ނޯޓް ކުރައްވާ ފަރާތްތަކުން، 27 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 10.00 އަށް ސްކޫލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

     މި މަސައްކަތާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ.

     މި މަސައްކަތަށް  ހުށަހެޅުމުގެ  ފުރުޞަތު  ހުޅުވާލެވިފައިވަނީ  ވިޔަފާރި  ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ  ކުރެވިފައިވާ ފަރާތްތަކަށާއި  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

    ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިވިވަޑައިގަންނަވާނެއެވެ.

    ދިޔަމިގިލީ ސްކޫލް / ތ.ދިޔަމިގިލި

    ފޯން: 7755913 / 7869965

    އީމެއިލް:  [email protected]  

06   ޖުމާދަލްއާޚިރާ   1445

19   ޑިސެމްބަރ    2023

19 ޑިސެންބަރު 2023
ހޯދާ