މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑި ހަރުގެ އެޅުމަށް ނ.ވެލިދޭ އިންޑަސްޓްރިއަލް ޒޯންއިން 7،200 އަކަފޫޓުގެ ބިމެއް ކުއްޔަށް ހިފާނެފަރާތެއްބޭނުންވެއްޖެ

އިޢުލާން

އޮޑި ހަރުގެ އެޅުމަށް ނ.ވެލިދޭ އިންޑަސްޓްރިއަލް ޒޯންއިން 7،200 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުން

 

ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންއިން އޮޑި ދޯނިފަހަރު ބަނދެ މަރާމާތުކުރުމަށް އޮޑި ހަރުގެ އެޅުމަށް، 7،200 އަކަފޫޓުގެ ބިމެއްކުއްޔަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަހު އަދި ގަޑީގައި މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

އާދިއްތަ

31 ޑިސެމްބަރު 2023

11:00

މިކަމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކުގެ ތެރެއިން އޮޑި ނަމްބަރު ދޫކުރެވިފައިވާ ފަރާތްތަކަށެވެ.  އޮޑި ނަމްބަރަށް ހަރުގެ އެޅުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާނީ ގިނަވެގެން 24 (ސައުވީސް) މަސްދުވަހަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

މާކްސް ދެވޭ ބައިތައް

މިންވަރު

ތަފްސީލް

ފޯމިއުލާ

 

 

މުއްދަތު

5%

 

  • މިއީ، އަންދާސީހިސާބު ހުށަހަޅާ ފަރާތުން އޮޑިހަރުގެ ކުއްޔަށްހިފާ މުއްދަތެވެ.
  • މިބަޔަށް މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ އިންސަތްތަ (%5) ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Amount / Submitted Amount) x 5%

  

ކުލި (އަކަފޫޓަކަށްހުށައެޅޭކުލި)

85%

  • އަންދާސީހިސާބު ހުށަހަޅާ ފަރާތުން ހުށަހަޅާ ކުލި / އެންމެ މަތިން ބީލަމަށް ހުށައެޅިފައިވާ ކުލި % x85 )
  • އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ ސަރަހައްދުގެ އަކަފޫޓަކަށް މަހަކު 80 ލާރި އެވެ.

(Benchmark Amount / Submitted Amount) x 85%

  

ވޯކް ޕްލޭން

 
  • މިބަޔަށް މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ ވޯކް ޕްލޭންގައިވާ ކަންކަމަށް ބަލާފައި އެންމެ މަތިންލިބޭ މާކްސް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.

(Benchmark Amount / Submitted Amount) x 10%

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 ޑިސެންބަރު 2023
ހޯދާ