ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރުކޭޓް 04 ނަންބަރ ގޮޅި ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާން

 

މާރުކޭޓް 04 ނަންބަރ ގޮޅި ކުއްޔަށް ދޫކުރުމާއި ގުޅޭ

          ލ.ގަން 04 ނަންބަރ މާރުކޭޓް ގޮޅި ކުއްޔައް ދިނުމަށް ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން ނުވަތަ ކުންފުނިތަކުން ތާވަލްގައިވާ ގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

1

ރަޖިސްޓްރީވުން

25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ބިޑް ރެޖިސްޓްރޭސަން ފޯރމް  ހިއްސާކުރެއްވުން އެދެމެވެ.

2

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

31 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ ގަމު ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

 

އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތް ތަކުން ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 ޑިސެމްބަރ 18 ވާ ހޯމަ ދުވަހުން ފެށިގެން 2023 ޑިސެމްބަރ 31 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ދެމެދު ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 6801024 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

 

18 ޑިސެމްބަރ 2023

18 ޑިސެންބަރު 2023
ހޯދާ