ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވޭޖްގެ އެމްޕްލޯއިމެންޓް ދަށުން ޕޫލަށް މީހުން ނެގުމާއިބެހޭ

       

       މިދާރާގެ ނަމްބަރ(IUL)255/255/2023/75  ( 13 ޑިސެންބަރު 2023 ) އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީ ނެގުމުން، ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީގޮތުން މިސްކިތުގައި ނަމާދު ކުރުމަށްޓަކައި ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން ޕޫލަށްމުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

އިމާމް / މުދިމް

ބޭނުންވާ ޢަދަދު:

05 (ފަހެއް)

މަޤާމުގެ ގިންތި

ވަގުތީ

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:

ތިލަދުންމަތީ އުތުރުބުރީ އުތީމު މިސްކިތްތައް

މަޤާމުގެ މުއްދަތު/           މަސައްކަތް  ކުރަންޖެހޭ ވަގުތު

01 އަހަރު (31 ޑިސެމްބަރ 2024 ގެ ނިޔަލަށް)

( ދުވާލަކު 5 ގަޑި އިރު)

މަސައްކަތުގެ އުޖޫރަ

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ސަނަދެއް އޮތް ބޭފުޅެއްނަމަ ކުރާ ކޮންމެ ނަމާދަކަށް 61.00 ރުފިޔާގެ ރޭޓުން.
  • މަސައްކަތާ ގުޅޭ ދާއިރާއެއްގެ ސަނަދެއް ނެތްނަމަ ކުރާ ކޮންމެ ނަމާދަކަށް 53.00 ރުފިޔާގެ ރޭޓުން.

މަސައްކަތުގެ ޝަރުތު

އިމާމުވެ ނަމާދުކުރަން އެނގޭ އަދި އިމާމުވެ ނަމާދުކުރެވޭ ވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އުތީމު ކައުންސިލްގެ އިދާރާއިން އެއިރަކު ހަމަޖައްސަވާ މިސްކިތަކަށް ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައް ބަލާ ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން.
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ރަށުކައުންސިލްގެ އިދާރާއަށް އަންގައި އެކަން ރަނގަޅު ކުރެވޭތޯ ބެލުން.
  3. ރަށުކައުންސިލްގެ އިދާރާއިން ނުވަތަ ރަށުގެ ވެރިން އަންގަވައިފި ހިނދެއްގައި މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
  4. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި ނިމެންދެން މިސްކިތުގައި މަޑުކުރުން.
  5. މިސްކިތު މަސައްކަތު މީހާ ހާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު / މުދިމު މީހާ މިސްކިތުގެ އެތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.
  6. މިސްކިތުގައި މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތްބަލައި އެމީހުން ލައްވާ މަސައްކަތް ކުރުވުމާއި، ކުރާމަސައްކަތް ސްޕަރވައިޒް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަށް

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
  4. އެހެން ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 24 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނަވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 ޑިސެމްބަރ 2023 އާ 28 ޑިސެމްބަރ   2023 އާއި ދެމެދު، ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމުތަކަށް މީހުން ހޯދުމަށް ކުރެވޭ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށައަޅާ ފޯމްތަށް ބަލައެއް ނުގަނެވޭނެއެވެ.
  • މި މަޤާމުތަކަށް ބޭނުންވާ ޢަދަދަށް ވުރެ އިތުރަށް މީހުން ކުރިމަތިލާފައިވާ ނަމަ އެފަރާތްތަކުގެ މެދުގައި އިންޓަރވިޔު ކުރެވި މިޕޫލަށް ނަގާނީ ޝަރުތު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

 

 

ވީމާ،މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޑިސެމްބަރ 2023

18 ޑިސެންބަރު 2023
ހޯދާ