މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢްލާން

 

                  މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކައުންސިލް އިދާރާ މަރާމާތު ކޮށްދޭން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

                  މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލައްވަން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

  • 19 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:00 އިން
  • 24 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް

މަޢުލޫމާތު ދިނުން  

  • ·         25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހު 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމު

ބީލަން ހުށަހެޅުން

  • 31 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

                  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.

                  މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރަމެވެ.

18 ޑިސެންބަރު 2023
ހޯދާ