ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ކުއްޔަށް ދޫކުރުން

ކައުންސިލްގެ ޕިކަޕް ކުއްޔަށް ދޫކުރުން:

ކައުންސިލްގައި ބޭނުން ކުރަމުންދާ ނަންބަރު BC2A-G2053 2 ޓަނުގެ ޕަވަރގޭޓް ޕިކަޕް މީލާދީ 3 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައިވާތީ ޕިކަޕް ކުއްޔަށް ނެގުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހަޅެމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިއިޢުލާނާއި ގުޅިގެން އަގު ހުށަހެޅޭނީ މަޢުލޫމާތު ސާފް ކުރުމަށް ހާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކައުންސިލުން ޕިކަޕް ކުއްޔަށް ދިނުމަށް ނިންމާފައިވާ ގޮތުގެ ތަފްޞީލާއި، ޕިކަޕް ބޭނުން ކުރުމުގައި ޢަމަލު ކުރަންޖެހޭ ޢުޞޫލްތަކާއި، އަދި ކުއްޔަށް ނަގާ ފަރާތްތަކުން ބޭނުންވާ އެންމެހައި މަޢުލޫމާތުތައް ލިޔުމުން ފޯރުކޮށްދެވޭނެއެވެ. އަދި މީގެ އިތުރުން މިޢުލާނާއި ގުޅިގެން ކައުންސިލް ޕިކަޕް ކުއްޔަށް ނެގުމަށް އެދި ހުށަހެޅޭނީ ކޮނޑޭގެ ރަށްވެހިންނަށް އެކަންޏެވެ.

ވީމާ، ކައުންސިލް ޕިކަޕް ކުއްޔަށް ނެންގެވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު 28 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 

18 ޑިސެންބަރު 2023
ހޯދާ