މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރަށް އެކުލަވާލާ ޕޫލަށް މީހުން ހޯދުން

މިސްކިތު އިމާމުން ޗުއްޓީ އާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތްތަކުގައި މަސައްކަތްކޮށްދޭނެ ޕޫލް އެކުލަވާލުމަށް ތިރީގައި މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމް:             ޕޫލް އިމާމު

ފެންވަރު ނުވަތަ ޝަރުޠު: ދަށްވެގެން އިމާމު ކަމުގެ ސަނަދު ނުވަތަ ދާއިރާއާއިގުޅޭ އެފެންވަރުގެ އެހެން ސަނަދެއް ޙާޞިލްކޮށްފައިވުން

އުޖޫރަ:             ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/61 (ފަސްދޮޅަސް އެކެއް ރުފިޔާ)

 

މަޤާމް:             ޕޫލް މުދިމު

ފެންވަރު ނުވަތަ ޝަރުޠު: ރީތިކޮށް ބަންގިގޮވަން އެނގުމާއި، ރީތިކޮށް ޤުރުއާންކިޔަވަން އެނގުން.

އުޖޫރަ:             ބަންގިގޮވާ އިމާމުވެ ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53 (ފަންސާސް ތިނެއް ރުފިޔާ)

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމު މިއިދާރާއިން ނަންގަވާ ފުރިހަކުރެއްވުމަށްފަހު، 2023 ޑިސެމްބަރ 24 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

18 ޑިސެންބަރު 2023
ހޯދާ