މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 ޑިސެންބަރު 23، 24 އަދި 25 މި 3 ދުވަހު ކ.ގިރިފުށީގައި އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ޑިސެންބަރު  23، 24 އަދި 25 މި 3 ދުވަހުގެ 19:00 އިން 22:30 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފުލެއާރސް އާއި ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 3000 މީޓަރ ދުރުމިނަށެވެ. އަދި ފުލެއާރސްއާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

18 ޑިސެންބަރު 2023
ހޯދާ