މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އޮގްޒިލަރީ ފަޔަރމަން / ސ.ހުޅުމީދޫ ފަޔަރ ސްޓޭޝަން

އެމް.އެން.ޑީ.އެފްގެ  ސ.ހުޅުމީދޫގައި ހުންނަ ފަޔަރ ސްޓޭޝަންއަށް ކޮންޓްރެކްޓް އުސޫލުން އޮގްޒިލަރީ ފަޔަރމަކު ބޭނުންވުން.

މަގާމު

އޮގްޒިލަރީ ފަޔަރމަން

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,500.00 ރުފިޔާ

މިނިމަމްވޭޖް އެލަވަންސް

މަހަކު 1,450.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

ސ.ހުޅުމީދޫ ފަޔަރ ސްޓޭޝަން/ ސ.ހުޅުމީދޫ

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  • ގްރޭޑް 8 ނިންމާފައިވުމާއި، ޢުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްކޮޅު 5 ފޫޓް 5 އިންޗި ހުރުމާއި، ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުން.
  • މީގެ އިތުރުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި އެރަށެއްގައި ދިރިއުޅުން ހަމަޖެހިފައިވާ މީހުންނަށާއި،  މިފަދަ މަސައްކަތުގެ ތަޖުރިބާއާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

 - ކުރިމަތިވާ އަލިފާނުގެ ހާދިސާތަކުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުވައްޒަފުންގެ އިރުޝާދާއެކު އަލިފާން ނިއްވުމުގައި ޢަމަލީގޮތުން ބައިވެރިވުން

- އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހިންގާ ޕްރޮގްރާމުތައް ހިންގުމުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ވައްޒަފުންނަށް އެހީތެރިވުން.

- ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގައި ރައްޔިތުންނާ ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުވައްޒަފުން ކުރާ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.  

       މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އަރާއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލުމުގައާއި ނައްތާލުމުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެކޮޕީ އަދި ގުޅޭނެފޯން ނަންބަރު ޖައްސަވާ، 2023 ޑިސެންބަރު 26 ވާ އަންގާރަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާ އަށް ސިޓީފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މި ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

05 ޖުމާދަލްއާޚިރާ 1445

18 ޑިސެންބަރު 2023
ހޯދާ