ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން ހައްދުންމަތީ ކަލައިދޫ ނާބަން ސަރަހައްދު ހުޅަނގު އުތުރު ތުނޑިން ބިމެއް ޓޫރިޒަމް ބޭނުމަށް ތަރައްގީކޮށް، ހިންގާ އަދި ބެލެހެއްޓުމަށް ކުއްޔަށް ދޫކުރުމާ ބެހޭ

ޓޫރިޒަމް ބޭނުމަށް ހައްދުންމަތީ ކަލައިދޫ ނާބަން ސަރަހައްދު ހުޅަނގު އުތުރު ތުނޑިން ބިމެއް 25950 (ފަންސަވީސް ހާސް ނުވަސަތޭކަ ފަންސާސް) އަކަމީޓަރު ގެ ބިން 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ މައުލޫމާތު:

ބިމު ކުލީގެ ގޮތުގައި މަހަކަށް ހުށަހެޅޭނެ އެންމެ ދަށް އަދަދު

ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގު (ދިވެހި ރުފިޔާ)

ސަރަހައްދުގެ ބޮޑުމިން

(އަކަމީޓަރުން)

116,710.00ރ

3,084,000.00ރ

25950

 

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 19 ޑިސެމްބަރ 2023 އިން 25 ޑިސެމްބަރ 2023 ގެ ދުވަހުގެ 13:00 ދެމެދުގެ ވަގުތެއްގައި، ތިރީގައި މިވާ ލިންކުގައިވާ ރެޖިސްޓްރޭޝަން ގޫގުލް ފޯމް ފުރުއްވުން އެދެމެވެ.
  • ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް: https://forms.gle/qWbi4zu4Ue3weW1h9
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 04 ޖަނަވަރީ 2024 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   
  • މި މީޓިން ގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެފަރާތެއްގެ ނަން، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރ ހިމެނޭހެން، [email protected]  އަށް 02 ޖަނަވަރީ 2024 އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރަންވާނެއެވެ.

ބީލަން ހުށައެޅުން

  • ބީލަން ބަލާއިގަތުމާއި ބީލާން ހުޅުވުން އޮންނާނީ 11 ޖަނަވަރީ 2024 ވާ ބުރާސްފަރި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުނުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތްތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

           މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 09 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވައިގެން ނުވަތަ މިކައުންސިލްގެ ފޯން ނަމްބަރު: 6800730 އަށް ގުޅުއްވުން އެދެމެވެ.

                    ވީމާ މިކަން ޢައްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                

ގޫގުލް ފޯމް ލިންކް: https://forms.gle/qWbi4zu4Ue3weW1h9

17 ޑިސެންބަރު 2023
ހޯދާ