ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެފް.އޭ.އެމް އިންތިހާބު

މި އިޢުލާންވަނީ 17 ޑިސެންބަރު 2023 13:46 ގައި ބާތިލް ކުރެވިފައެވެ.


                          ނަންބަރު: FAM/IUL/2023/001

އިއުލާން.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2024 ވަނަ އަހަރުގެ އިންތިޙާބާއި ގުޅޭ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ 20 ވަނަ ބައްދަލުވުމުގައި މިއިދާރާގެ އަސާސީ ޤަވާއިދާއި އެއްގޮތްވާގޮތުގެމަތިން މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި މި އިދާރާގެ އިންތިޙާބު ބޭއްވުމަށް ވަނީ ނިންމަވާފައެވެ.

ވުމާއިއެކު، އެފް.އޭ.އެމްގެ އިންތިޙާބު 1 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަން އިއުލާނުކުރަމެވެ.   

ވީމާ، އަސާސީ ގަވާއިދުގެ ދަށުން އެފް.އޭ.އެމްގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުން 27 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔެކިއުންތަށް ހުށަހެޅުއްވުން އެދެމެވެ. އަދި އެ ހުށަހަޅުއްވާ ލިޔެކިއުންތަށް ސިޓީއުރައަކަލައި ސީލް ކުރެވިފައިވާންވާނެއެވެ.

މި އިދާރާގެ އަސާސީ ޤަވައިދާއި އެއްގޮތްވާގޮތުގެމަތިން އިންތިޙާބުގެ އެންމެހައި ކަންކަން ކުރިޔަށްގެންދަވާނީ އެފް.އޭ.އެމްގެ 'އިލެކްޓޯރަލް ކޮމެޓީން"ގެ ފަރާތުންކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ.

17 ޑިސެމްބަރ 2023

17 ޑިސެންބަރު 2023
ހޯދާ