މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ އެތެރޭގައިވާ ދޮރުތަކާއި ދޮރުކަނިތައް ބަދަލުކުރުމާއި ގުޅޭ؛

މިކޯޓުގެ އިމާރާތުގެ އެތެރޭގައި ހަރުކޮށްފައިވާ ދޮރުތައް ނަގައި އައު ދޮރު ހަރުކުރުމާއި ބައެއް ދޮރުގެ ކަނިތައް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު E8C-A/IUL/2023/47 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެމްބަރ 2023 ދުވަހުގެ 13:00 އަށް ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަންވާނީ، މިކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 17 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 20 ޑިސެމްބަރ 2023ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 10:00 އާއި މެންދުރު 12:00 އާއި ދެމެދު ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަން 20 ޑިސެމްބަރ 2023ވާ ބުދަ ދުވަހުގެ 13:00 ގައި ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މަޢުލޫމާތު ސެޝަންއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑްގައި ރަޖިސްޓްރީކޮށްފައިވާނަމަ، ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމުގައި ދެންނެވީމެވެ.

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން 25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި، ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

          މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6580449 އަށް ގުޅުއްވައިގެން ނުވަތަ [email protected] އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޑިސެންބަރު 2023
ހޯދާ