ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްލިޕްވޭއެއް ހެދުމަށް ބިމެއް ކުއްޔަށް ދޫކުރުން

               މިރަށުގައި ޒަމާނީފެންވަރުގެ ސްލިޕްވޭއެއް ހެދުމަށް 250000 (ދެލައްކަ ފަންސާސް ހާސް) އަކަފޫޓުގެ ބިމެއް 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަން ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފްކުރުން

27 ޑިސެމްބަރ 2023

ބުދަ

13:00

ޕްރޮޕޯސަލް ހުށަހެޅުން

10 ޖަނަވަރީ 2024

ބުދަ

13:00

 

               ވީމާ، ޕްރޮޕޯސަލް ހުށަހެޅުމަށާއި، މަޢުލޫމާތު ސާފްކުރުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، މިކަމަށް އެދޭ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. އަދި މިސިޓީއާއެކު ބަދަލުގައި ފޮނުވާފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

14 ޑިސެންބަރު 2023
ހޯދާ