މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރު މަސައްކަތް ކުރުމާއި ގުޅޭ

އިއުލާން

ފައިބަރު މަސައްކަތް ކުރުމާއި ގުޅޭ

މިހާރަކަށް އައިސް ރަށުގެ އެކި ސަރަޙައްދުތަކުގައި ފައިބަރުގެ މަސައްކަތް ކުރަމުންގެންދާކަމުގެ ޝަކުވާތައް ކައުންސިލަށް ދަނީ ލިބެމުންނެވެ. ފައިބަރުގެ މަސައްކަތް އެއްވެސް ވަރަށްކަށް ބަންދުކުރުމެއްނެތި ކުރުމަކީ އޭގެ ސަބަބުން އާއްމު ރައްޔިތުންނަށް ސިއްޙީ އެތައް ގެއްލުންތަކެއް ކުރިމަތިވެދާނެ ފަދަ މަސައްކަތެކެވެ.

އެންމެހައި ރައްޔިތުންނާއި ގުޅުންހުރި މިފަދަ މައްސަލަތަކަކީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު މެނުވީ ކައުންސިލަށް ހައްލު ނުކުރެވޭނެ ކަމަކަށްވާތީ ފައިބަރުގެ މަސައްކަތް ނުވަތަ ފައިބަރު ބޭނުންކޮށްގެން އެއްވެސް މަސައްކަތެއް ކުރާނަމަ ކައުންސިލުގެ ހުއްދައާއެކު ވަށައިގެން ބަންދުކޮށް އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެގޮތަށް މެނުވީ ފައިބަރުގެ މަސައްކަތް ނުކުރުމަށް އަންގަމެވެ. 

13 ޑިސެންބަރު 2023
ހޯދާ