ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

       މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައި ވޭޖް އެންޕްލޯއިމެންޓްގެ ދަށުން ޕޫލުގައި މަސައްކަތްކުރާނެ މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:

މަސައްކަތު

މަޤާމުގެ ގިންތި:

ވަގުތީ ( ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން ޕޫލުގައި މަސައްކަތް ކުރުން )

މަޤާމުގެ މުއްދަތު/

މަސައްކަތް ކުރަންޖެހޭ ވަގުތު

01 (އެކެއް) އަހަރު  ( 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ( ދުވާލަކު 5 ގަޑިއިރު)

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:

ތިލަދުންމަތީ އުތުރުބުރީ އުތީމު މިސްކިތްތައް

ބޭނުންވާ ޢަދަދު:

05 (ފަހެއް)

މުސާރަ:

      ކޮންމެ ނަމާދު ވަގުތަކަށް 40.00 ރުފިޔާ

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ޕޫލުގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނީ ތަފްޞީލުގައި ކަނޑައެޅިފައިވާ އުޖޫރައެވެ. އިތުރުގަޑި ނުވަތަ އެއްވެސް އެލަވަންސްއެއް ނުދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

1-      ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މަސައްކަތްކުރުން.

2-      ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތާއި ވަޅުދޮށް އަދި (ފާހާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތެއްނަމަ އެތަންތަން ސާފުކުރުން.)

3-      މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން. (މީގެތެރޭގައި މިސްކިތު ގޯތިތެރޭގައި ހުންނަ ޤަބުރަސްތާނުތައް ނުހިމެނެއެވެ.)

4-      ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން.

5-      އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑު، ދޮރުތަކާއި ދޮރުފަތްތަށް ފޮޅާ ސާފުކުރުން.  އަދި ބޮކިތަކާއި ފަންކާތައް ބޭނުންވާ ވަގުތުގައި ދިއްލާ ނިއްވުން.

6-      މިސްކިތް ތަކަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު / މުދިމު ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.

7-      ކައުންސިލްގެ އިދާރާއާއި އިމާމުން / މުދިމުން އަންގާ ގޮތެއްގެ މަތިން މިސްކިތު ގޯތިތެރޭގައި ގަސްއިންދައި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން. (މީގެތެރޭގައި މިސްކިތު ގޯތިތެރޭގައި ހުންނަ ޤަބުރަސްތާނުތައް ނުހިމެނެއެވެ.)

8-      މިސްކިތާ ގުޅިގެން ކައުންސިލްގެ އިދާރާއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތަށް ކުރުން.

9-      ކައުންސިލް އިދާރާއިން ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.

10-  މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

ފެންވަރު ނުވަތަ

ޝަރުތު:

1-      ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 21 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނަވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 ޑިސެމްބަރ 2023 އާ 28 ޑިސެމްބަރ   2023 އާއި ދެމެދު، ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.

އެންމެ ޤާބިލް މީހުން

1-     ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީން.

ހޮވުމަށް ބެލެވޭނެ

2-     ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

ކަންތައްތައް:

3-     މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

 

އިތުރު މަޢުލޫމާތު

  • މިމަޤާމުތަކަށް މީހުން ހޯދުމަށް ކުރެވޭ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށައަޅާ ސިޓީތަށް ބަލައެއް ނުގަނެވޭނެއެވެ.
  • މިމަޤާމުތަކަށް ބޭނުންވާ ޢަދަދަށްވުރެ އިތުރަށް މީހުން ކުރުމަތިލާފައިވާނަމަ އެފަރާތްތަކުގެ މެދުގައި އިންޓަރވިޔު ކުރެވި މިޕޫލަށް ނަގާނީ ޝަރުތު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

 

 

 

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

13  ޑިސެމްބަރ 2023

13 ޑިސެންބަރު 2023
ހޯދާ