ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫ ކުނިގޮޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދޭނޭ ފަރާތެއް ހޯދުން

ފ.ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކޮންޓްރެކުޓް އުޞޫލުން 2024 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2024 ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް (12 މަސް) ދުވަހުގެ މުއްދަތަށް ކަނޑަށް ބޭރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ( މިތަކެއްޗަކީ ކޮންމެ ދުވަހަކުވެސް ކަނޑަށް ބޭރުކުރަންޖެހޭ ތަކެއްޗެވެ.)

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު  , މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ، މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބުސައިޓުން،ފޭސްބުކު ޕޭޖު އަދި ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2023 ޑިސެންބަރު 14 ވަނަ ދުވަހުން ފެށިގެން މައުލޫމާތު ސާފުކުރެއްވުމުގެ އިތުރުން ރަސްމީ ގަޑީގައި މައުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޑިސެންބަރު 25 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން : www.fncl.gov.mv  ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ.ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދިނުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑިއިރުކުރިން އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މިމަސައްކަތް ހަވާލުކުރުމުގައި އިސްކަންދޭނީ އަގަށާއި އަދި  އެންމެ ރަގަޅު ހުށަހެޅުމަކަށެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ޑިސެންބަރު 2023
ހޯދާ