މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުމާގުޅޭ

       ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯން އިން 640 އަަކަފޫޓުގެ 4 ބިން ގުދަން އިމާރާތް ކުރުމަށް، 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ.

       ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މިއިޢުލާނާއި ގުޅިގެން 07 ޑިސެމްބަރ 2023ގައި ކުރެވުނު ނަމްބަރ:(IUL)297-SM/297/2023/139 އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެއިޢުލާން ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.  

  

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ބުރާސްފަތި

21 ޑިސެމްބަރ 2023

11:00

 

     މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

     އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. އަދި މި އިޢުލާނާއިއެކު ކުއްޔަށް ދޫކުރެވޭ ބިމުގެ ޗާޓާއި މަޢުލޫމާތު ޝީޓު ހިމެނިފައިވާނެެވެ. މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

12 ޑިސެންބަރު 2023
ހޯދާ