ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ފ.ފީއަލީ އިޖުތިމާޢީ ސަރަހައްދު ސާފުކޮށްދިނުމަށް އެދޭ ފަރާތްތަކުން ނަންނޯޓްކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

 

 

އިޢުލާން

 

 

2024 ވަނަ އަހަރު ފ.ފީއަލީ އިޖުތިމާޢީ ސަރަހައްދު ސާފުކޮށްދިނުމަށް އެދޭ ފަރާތްތަކުން ނަންނޯޓްކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

2024 ވަނަ އަހަރު ފ.ފީއަލި އިޖްތިމާއީ ސަރަހައްދު 01 އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލުން ކަނޑައަޅާ ބަޖެޓް އަދި ކަނޑައަޅާ އުޞޫލެއްގެ މަތީން ސާފުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

1-  ނަންނޯޓްކުރުމަށް ޙާޟީރުވާންވާނީ ވެރިފަރާތް ނުވަތަ ބަދަލުގައި ވެރިފަރާތުން ކަނޑައަޅާ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ  ހިފައިގެންނެވެ. އަދި ބަދަލުގައި އަންނަ ފަރާތް ޙާޟިރުވާއިރު ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަންވާނެއެވެ.

2-  މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ނަންނޯޓް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 60 މީހުންނަށް ފުރުޞަތު ދީގެންނެވެ.

3-  ނަންނޯޓްކޮށްފައިނުވާ ފަރާތްތަކާއި، ނަންނޯޓްކުރިނަމަވެސް ގުރުއަތުލުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ ނަން ލިސްޓުން އުނިކުރެވޭނެއެވެ. އަދި ގުރުއަތު ނެގުމުގެ ބައްދަލުވުމަށް ވެރިފަރާތުން ޙާޟިރުވާން ވާނެއެވެ. އަދި ޙާޟިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަން ވާނެއެވެ. ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތުން ޙާޟިރުވާއިރުވެ ގުރުއަތު ނެގުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

4-  މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދެވިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.

5-  ނަންނޯޓް ކުރެވޭނީ12 ޑިސެންބަރު 2023 އިން 2023 ޑިސެންބަރު 21 ދުވަހުގެ 12:00 ށް ކޮންމެ ދުވަހެއްގެވެސް ހެދުނު 9:00 ން 12:00 ށް.

6-  މިމަސައްކަތްކުރާނެ ފަރާތްތަށް ހޮވުމަށް ބާއްވާ ގުރުއަތުނެގުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ޑިސެންބަރު 25 ވަނަ ދުވަހުގެ 13:00 ގައި ނިލަންދެ އަތޮޅު އުތުރުބުރީ ފިއަލީ ކައުންސިލް އިދަރާގައެވެ. ގަޑި ޖެހުމަށްފަހު ޙާޟިރުވާ ފަރާތްތަކަށް މިބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މިމަސައްކަތާ ގުޅިގެން އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދަހާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740012 ނުވަތަ މިއިދާރާގެ އީމެއިލް: [email protected]މެއިލްކޮށްގެން ނުވަތަ 9507419 މޯބައިލްއާއި ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

26 ޖުމާދަލްއާޙިރު 1445 ހ.

10 ޑިސެންބަރު 2023 މ.

 

 

 
   

 

 

 

 

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

 

12 ޑިސެންބަރު 2023
ހޯދާ