ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އޮފް މެންޓަލް ހެލްތްގެ މަޤާމަށް މީހަކު ހޯދުން

އިޢުލާނު 

މަޤާމް:

ޑިރެކްޓަރ ޖެނެރަލް އޮފް މެންޓަލް ހެލްތް

މަޤާމުގެ ނަންބަރު:

J-389651           

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ރޭންކް 10 - ސްޓެޕް 1

އޮފީސް

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް، މާލެ

މުސާރަ:

21,884.00 ރުފިޔާ (މަހަކު)

މަޤާމުގެ އެލެވަންސް:

12,534.00 ރުފިޔާ (މަހަކު)

ހާޒިރީ އެލެވަންސް:

339.00 ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނަފްސާނީ ޞިއްޙަތުގެ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތައް ޕްރޮޖެކްޓްތައް އެކުލަވާލުމަށާއި، ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދުދިނުން.
  2. ނަފްސާނީ ޞިއްޙަތުގެ މަސައްކަތްތަކާއި ގުޅޭ ޤައުމީ ސިޔާސަތުތަކުގައި ހިމެނިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ ގޮތުން ޞިއްޙީ ދާއިރާއިން ކުރަންޖެހޭ ކަންކަން  ނެޝަނަލް ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ވާ ގޮތުގެ މަތިން ތަންފީޒްކުރުވުން.
  3. ދިވެހިރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ހޯދައި ދިނުމަށް އެޑްވޮކޭޓް ކުރުމާއި، އެހެނިހެން ޑިޕާރޓްމަންޓްތަކާއި އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާއި އަމިއްލަ ޖަމާޢަތްތަކާ ގުޅިގެން ނަފްސާނީ ސިއްޙަތު ކުރިއެރުވުމަށާއި އަދި ހޭލުންތެރިކުރުމަށް މަސައްކަތްކުރުން
  4. ނަފްސާނީ ޞިއްޙަތުގެ ދާއިރާއާއި ގުޅުންހުރި ތަންފީޒުކުރަމުންދާ ބައިނަލް އަޤުވާމީ މުޢާހަދާތަކާއި ދާއިރާއިން ބައިވެރިވާ އެހެނިހެން ބައިނަލް އަޤްވާމީ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ފަންނީ އަދި ޓެކްނިކަލް ގޮތުން ބޭނުންވާ ކަންކަން ދެނެގަނެ، އެ ކަންކަން މިނިސްޓަރަށާއި ޕޮލިސީ ނިންމުމުގައި  ޝާމިލްވާ އޮފިޝަލުންގެ ސަމާލުކަމަށް ގެނައުމާއި އެކަމާއި ގުޅުން ހުރި ތަންފީޒި ޙަރަކާތްތައް ވިލަރެސްކުރުމާއި އަމަލީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މުރާޖަޢާކުރަމުން ގެންދިއުން.
  5. ސިޔާސީ ގޮތުންނާއި ފަންނީގޮތުން ކަނޑައަޅާ ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޓަކައި ރާއްޖެއިން ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދުމުގެ ގޮތުން ޤައުމުތަކާއި އެކު ގުޅުން ބަދަހިކުރުމަށް ބޭނުންވާ އިރުޝަދު ދިނުން.
  6. ނަފްސާނީ ޞިއްޙީ ދާއިރާއިން ބިނާ ކުރަންޖެހޭ ފަންނީ ހުނަރުވެރިކަން ދެނެގަނެ، އެ ޤާބިލުކަން ޔާޤިން ކުރުމަށްޓަކައި ބޭނުންވާ ފުރުސަތުތައް ހޯދުމަށް ޔުނިވަރސިޓީތަކާއި އެހެނިހެން މުއައްސަސާތަކާއި އެކު މަޝަވަރާކޮށް އެކަމަށް މަގުފަހިކޮށްދިނުން
  7. ނަފްސާނީ ސިއްޙަތުގެ ދާއިރާ ހިންގުމަށާއި ޚިދުމަތްދިނުމަށް ބޭނުންވާ ގިންތިތަކަށް އެކަށީގެންވާ މިންވަރަށް ރާއްޖެއިން ދިވެހިން ތަމްރީނުކުރުމަށް ޓަކައި ޞިއްޙީ އަދި ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ މަތީތައުލީމުދޭ މުއައްސަސާތަކާއެކު މަޝްވަރާކޮށް ބޭނުންވާ ކޯސްތައް ތައްޔާރުކުރުމަށް އެ މުއައްސަސާތަކަށް ލަފާދީ، އެ މުއައްސަސާތަކާއި އެކު ގުޅުންބަދަހިކުރުން.
  8. ދިވެހި ރާއްޖޭގައި "ޔުނިވާރސަލް ކަވަރޭޖެ" ޤާއިމްކުރުމަށާއި ނަފްސާނީ  ޚިދުމަތަށް އެކަށޭނެ އަގާއި، ފަރުވާ ރައްޔިތުންނަށް ފަސޭހައިން ހޯދައިދުނުމަށްޓަކައި ކޮސްޓް އިފެކްޓިވް  ސްޓްރެޓެޖީތައް އެކުލަވައިލައި، މަސައްކަތްތަކާއި ބެހޭގޮތުން ހެލްތު އިންޝުއަރެންސް ހިންގާ ފަރާތްތަކާއި، ޞިއްޙީދާއިރާގެ އެހެން މުއައްސަސާތަކަށް ފަންނީ ލަފާ ދިނުމާއެކު، އަމާޒަށް ވާސިލްވުމަށް ނަފްސާނީ ސިއްހަތުގެ ނިޒާމް ބައްޓަން ކުރަމުން ގެންދިއުން.
  9. ނަފްސާނީ ފަރުވާއަށް ބޭނުންވާ އަސާސީ ބޭހާއި އެހެނިހެން ފަރުވާތަކުގެ ރައްކާތެރިކަން ޔަޤީންކޮށްދޭނެ އުސޫލަކުން، މާލީ ބުރަދަން ލުއިކުރެވޭނެ (އަގުހެޔޮކޮށް) ގޮތެއްގެ މަތިން ބޭހާއި ޙިދުމަތް ލިބިގަނެވޭނޭ ނިޒާމެއް ޤާއިމްކުރުމާއި ގުޅޭގޮތުން މިނިސްޓަރަށް އިރުޝާދު ދީ، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި މަޝްވަރާކޮށް، ދާއިރާގައި ޙިދުމަތްދޭ ފަރާތްތަކަށް މަގުދައްކައި ދިނުން.
  10. ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ މަރުކަޒީ ވަޞީލަތްތަކާއި ޙިދުމަތުގެގައި ބޭނުން ކުރާ އާލާތްތައް އުފަންކުރާ ޓެކްނޮލޮޖީގެ އިންތަކަށް ނަފްސާނީ ޞިއްޙަތުގެ ފަންނުވެރިންނާއި އެހެން ޙިދުމަތްތެރިން އަހުލުވެރިކުރުމުގެ ގޮތުން އިރުޝާދުދިނުން.
  11. ނަފްސާނީ ޞިއްޙަތުގެ ދާއިރާއަށް ކަނޑައެޅިފައިވާ އަދި ތަޢާރަފްކުރަމުން ގެންދާ ސިޔާސަތުތަކަކީ މައުލޫމާތާއި ހެއްކަށް ބިނާކޮށް ކަނޑައެޅޭ ސިޔާސަތުތަކަށް ހެދުމަށްޓަކައި، ޔުނިވަރސިޓީތަކާއި އެހެން ފަންނީ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދާ، ގުޅުން ބަދަހިކޮށް، ދާއިރާއަށް ބޭނުންވާ ދިރާސާތައް ދެނެގަނެ، އެނެލިސިސްތަކާއި ދިރާސާތައް ކުރުމަށް ފަންނީ ލަފާދިނުން އަދި މަޢުލޫމާތު މުއްސަނދިކޮށް، ތާޒާކުރުމަށް އިރުޝާދުދެމުން ގެންދިއުން.
  12. ދިވެހި ރާއްޖެއަށް ކުރިމަތިވާ ކާރިސާތަކާއި ގުޅިގެން ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ފަންނީ ލަފާ ދޭ އިސް މީހެއްގެ ގޮތުން ކަމާއި ގުޅުން ހުރި އެހެން ދާއިރާތަކާއިއެކު މަޝްވަރާކޮށް ވިލަރެސްކުރުން.
  13. ނަފްސާނީ ޞިއްޙަތުގެ ދާއިރާއަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމުގައި ހެލްތު މިނިސްޓްރީއާއި، އެ މިނިސްޓްރީއާއި ގުޅުން ހުރި އެހެން މުއައްސަސާތަކުގެ އިސް މުވައްޒިފުންނަށާއި ، ގާނޫނީ ދާއިރާއިން މަސައްކަތްކުރާ މުވައްޒިފުންނަށް ފަންނީ ލަފާ ދިނުން.
  14. ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިން ރެޖިސްޓްރީ ކުރުމަށް އެކުލަވާލެވިފައިވާ (މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއާއި ނާރސިންގް ކައުންސިލް ފަދަ) ކައުންސިލްތަކުގެ ރައީސުންނާއި މަޝްވަރާކޮށް، އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްތަކުގެ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުން.
  15. ނަފްސާނީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރާ ޕްރޮފެޝަނަލުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ނަފްސާނީ ޞިއްޙަތުގެ ދާއިރާގައި ހަރަކާތްތެރިވާޕްރޮފެޝަނަލުންނާއި އެކު ގުޅުން ބަދަހިކޮށް، އެ ފަރާތްތަކަށް ބޭނުންވާ ޕްރޮފެޝަނަލް ޑެވެލޮޕްމެންޓް އަދި ސުޕަވިޝަން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  16. ނަފްސާނީ ޞިއްޙަތުގެ ޙިދުމަތްދިނުމުގައި ކޮލިޓީ ޔަގީންކުރުމަށް ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރގެ މަސައްކަތްތަކަށާއި ސިއްޙީދާއިރާގެ އެހެން ފަންނީ ދާއިރާތަކުންނާއި އޮފިޝަލުންނަށް ބެނުންވާ އެހީތެރިކަން ފޯރުކޮށްދީ، ވިލަރެސްކޮށް، އެ މަސައްކަތަށް ގެންނަންޖެހޭ އެފިޝަންސީ ގެނައުމަށް ލަފާ ދިނުން.
  17. ނަފްސާނީ ޞިއްޙަތުގެ ޙިދުމަތް ދޭ ތަންތަނާއި، އާންމު ސިއްޙަތު ރައްކާތެރިކުރުމަށް ޤައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައް މުރާޖަޢާކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަމުގެ އިރުޝާދު ދީ، އެފަރާތްތަކާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ޞިއްޙީ ޚިދުމަތްތައް ބައްޓަން ކުރެވެނީ ރާއްޖޭގެ އާންމު ޞިއްޙަތުގެ ޙާލަތާއި އެކަށީގެންވާ ގޮތަށް ތޯ ބަލައި، ވިލަރެސްކޮސް ފާރަވެރިވުން.
  18. ނަފްސާނި ޞިއްޙަތާއި ގުޅުންހުރި މަސައްކަތް ކުރާ ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި ގުޅުން ބަދަހިކޮށް، އެފަރާތްތަކުގެ ޝުޢޫރު ދެނެގަނެ، ޞިއްޙީ ދާއިރާއަށް އެންމެ ފައިދާ ހުރި ގޮތެއްގައި އެންގޭޖްކޮށް، ރާއްޖޭގެ ޞިއްޙީ ހާލަތު ކުރިއަރުވައި، ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމްކޮށް، ބޭނުންތެރި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށް އިރުޝާދުދި މަގުދެއްކުން.
  19. މެންޓަލް ހެލްތު ޑިޕާރޓްމެންޓްގެ މަސައްކަތް ތަންފީޒްކުރުން
  20. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

1.  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ

2.  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

މަގާމުގެ ތަޢުލީމީ ރޮނގުތައް:

އެޑިކްޝަން ކައުންސެލިންގ،   އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން ، އެޑްވާންސްޑް މެންޓަލް ހެލްތް ޕްރެކްޓިސް، އެޕްލައިޑް ބިހޭވިއަރ އެނަލިސިސް، އެޕްލައިޑް ސައިންސް ސައިކޮލިޖީ، އެޕްލައިޑް ސޯޝަލް ސައިކޮލޮޖީ، ބިހޭވިއަރަލް ސައިކޮލޮޖީ،  ބިހޭވިއަރަލް ހެލްތް ސައިންސް ، ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ ، ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް، ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް ، ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން، ޗައިލްޑް އެންޑް ކޮމިއުނިޓީ ، ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް ، ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ، ޗައިލްޑް ވެލްފެއަރ ވަރކް، ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް، ކްލިނިކަލް އެންޑް ޑިވެލޮޕްމަންޓަލް ސައިކޮޕެތޮލޮޖީ، ކްލިނިކަލް ޗައިލްޑް އެންޑް އެޑޮލިސެންޓް ސައިކޮލޮޖީ ، ކްލިނިކަލް ޗައިލްޑް ސައިކޮލޮޖީ، ކްލިނިކަލް ހެލްތް ސައިކޮލޮޖީ ، ކްލިނިކަލް މެންޓަލް ހެލްތް ، ކްލިނިކަލް މެންޓަލް ހެލްތް ކައުންސެލިންގ، ކްލިނިކަލް ސައިކޮލޮޖީ ، ކްލިނިކަލް ސައިކޮތެރަޕީ ، ކްލިނިކަލް ސްޕޯޓްސް ސައިކޮލޮޖީ، ކޮމިއުނިޓީ ހެލްތު ، ކައުންސެލިންގ، ކައުންސެލިންގ އެންޑް ސައިކޮތެރަޕީ ، ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް ، ކައުންސެލިންގ ސައިކޮލޮޖީ ، އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް، ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް، ފެމިލީ ސްޓަޑީޒް ، ފެމިލީ ތެރަޕީ ، ގްލޯބަލް މެންޓަލް ހެލްތް އެންޑް ވެލްބިއިން ، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން، ހެލްތް ކެއަރ މެނޭޖްމަންޓް،   ހެލްތު މެނޭޖުމަންޓް، ހެލްތު ޕޮލިސީ ، ހެލްތު ޕްރޮމޯޝަން ، ހެލްތު ސައިކޮލޮޖީ، ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް، މެރިއޭޖް އެންޑް ފެމިލީ،  މެރިޖް އެންޑް ފެމިލީ ކައުންސެލިންގ،  މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް ، މެރޭޖް އެންޑް ފެމިލީ ތެރެޕީ، މެޓަރނަލް އެންޑް ޗައިލްޑް ހެލްތް ،  މެންޓަލް އެންޑް ބިހޭވިއަރަލް ހެލްތް،  މެންޓަލް ހެލްތް،   މެންޓަލް ހެލްތް އެންޑް ކްލިނިކަލް ސައިކޮލޮޖީ،   މެންޓަލް ހެލްތް އެންޑް ސައިކޮތެރަޕީ ،  މެންޓަލް ހެލްތް އެންޑް ވެލްނަސް،   މެންޓަލް ހެލްތް ކައުންސެލިންގ، މެންޓަލް ހެލްތް ސައިންސް ، މެންޓަލް ހެލްތް ސްޓަޑީޒް، ޕެރިނޭޓަލް މެންޓަލް ހެލްތް ، ޕޮޕިއުލޭޝަން ހެލްތް ، ޕްރައިމަރީ ހެލްތް ކެއަރ ، ސައިކޮލޮޖިކަލް ކައުންސެލިންގ ، ސައިކޮލޮޖީ ، ސައިކޯތެރަޕީ ، ސައިކޮތެރަޕީ ކައުންސެލިންގ،  ޕަބްލިކް ހެލްތު ، ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން، ޕަބްލިކް ހެލްތް ޕޮލިސީ ، ޕަބްލިކް ހެލްތް ސައިންސް ، ޕަބްލިކް މެންޓަލް ހެލްތް ، ރިހެބިލިޓޭޝަން ކައުންސެލިންގ ، ސްކޫލް ކައުންސެލިންގ، ސޯޝިއަލް ޕޮލިސީ ، ސޯޝަލް ސަރވިސަސް ، ސޯޝަލް ވޯރކް،ތެރަޕިއުޓިކް ކައުންސެލިންގ

މަގާމުގެ މަސައްކަތު ދާއިރާތައް:

  1. ހެލްތު ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/download/2021/51/7f22c518-63f5-44c3-a398-944ce57c1b56.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް  ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާ ންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (%30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)
  3. ޕްރިފަރޑް ޑިސިޕްލިންގެ ސެޓްފިކެޓް (%5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 15)
  6. ޕްރެޒެންޓޭޝަން (% 10)
  7. އިންޓަރވިއު (%30)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޑިސެންބަރު 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 2023 ޑިސެންބަރު 24 އިން 2024 ޖަނަވަރީ 21 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307365 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް  ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

11 ޑިސެންބަރު 2023
ހޯދާ