މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސް މާރުކޭޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން.

މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް މިރަށުގައި މަސްމާރުކޭޓެއް އިމާރާތްކޮށްދޭނެ ފަރާތެއްހޯދުމަށް  ކުރެވުނު މިއިދާރާގެ ނަންބަރު (IUL)317-PP/AD/2023/95 އިޢުލާނަށް ހުށަހެޅުނު އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 10 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected]  އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރެޖިސްޓްރޭޝަން ޝީޓް ހުށަހަޅާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 14 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

10 ޑިސެންބަރު 2023
ހޯދާ