މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ އޮފީސް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

 މި ކޯޕަރޭޝަންގެ އޮފީސް އިމާރާތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދެއްވާ ކުނި ނެރެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 14 ޑިސެމްބަރ 2023  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މިކޯޕަރޭޝަންއަށް  ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ސަމާލުކަން ދެއްވުމަށް: އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

އޮފީސް އެޑްރެސް: މ. އައިރިސް ، އޯކިޑުމަގުގެ 7 (ހަތެއް) ވަނަ ފަންގިފިލާ، މާލެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނާއެވެ.

10 ޑިސެންބަރު 2023
ހޯދާ