މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

               މިރަށު މަސްވެރިންގެ ހިޔާ (މަސް މާރުކޭޓް) ސާފުކޮށް ބަލަހައްޓައި، ކަރުގޮހޮރުތައް ނައްތާލަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

               ވީމާ، މިމަސައްކަތް -/5000 (ފަސްހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަގަކަށް  1 ޖެނުއަރީ 2024 އިން 31 ޑިސެމްބަރ 2024 ގެ ނިޔަލަށް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތްކުރާ ފަރާތްތަކަށް މާރުކޭޓަށް މަސްއަރުވާ މިރަށުގެ ކޮންމެ ދޯންޏަކުން މަސް އަރުގެއެއް ލިބޭނެއެވެ.

               މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

          އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

          މިމަސައްކަތަށް އަގުހުށަހެޅުމަށް ބޭނުންވާ އަގުފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

  •  ކުރަންޖެހޭ މަސައްކަތް

(ހ) އިށީނުމަށް ހުންނަ ފާރުބުރިތަކުގެ މައްޗާއި، ބިތްތަކާއި އަށިތައް ކޮންމެ ދުވަހަކު ފެންފޮތިލާ ދޮވެ ސާފުކުރުން.

(ށ) މަސްވެރިންގެހިޔާ އާއި ދިމާ ވާޓަރު މައްޗާއި އިމާރާތުގެ އެތެރެ އަބަދުވެސް ސާފު ޠާހިރުކޮށް ބޭއްވުން.

(ނ) މަހަށްދާ ދޯނިފަހަރު ލަފާ ވަގުތު ބަލާ އެވަގުތު މަސްވެރިންގެހިޔާ ސާފުކުރުމާއި، ކަރުގޮހޮރުތަކާއި، މަހުގެ އެންމެހައި ބައިތައް ނަގާ ސާފުކޮށް އެތަކެތި ނައްތާލުން.

(ރ) މަސްވެރިން ނޫން ފަރާތްތަކުންވެސް ތަން ހަޑިވާފަދަ ކަމެއްކޮށް ހަޑިވެފައިވާނަމަ ރަނގަޅަށް ތަން ސާފުކުރުން.

(ބ) މަސްވެރިންގެހިޔާއާއި ހޮޓަލާ ދޭތެރެއާއި، މާރުކޭޓް ގުޅިފައިވާ ޕާކުތައް ސާފުކޮށް ޕާކުތަކުގައި ބަގީޗާ އިންދާ ހެއްދުން.

(ޅ) މަސްވެރިންގެހިޔާ ސާފުކޮށް ބެލެހެއްޓުމަށް ހުރަސްއެޅޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ކައުންސިލްގެ އިދާރާގެ އެކަމާބެހޭ ޔުނިޓަށް ހުށަހަޅައި އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުން.

(ކ) މަސްވެރިންގެހިޔާގައިވާ ކަރަންޓް ފޮއްޓާއި، ފެންއިސްކުރުތަކާއި، ފެންޖަހާ ހޮޅިތަކާއި ހުރިހާ ދިއްލުންތަށް ރަނގަޅަށް ބެލެހެއްޓުން.

(އ) މަސްވެރިން ލަފާ ވަގުތު ފިޔަވާ އެހެން ވަގުތެއްގައި މާރުކޭޓްގައި ކަނޑާ، ކަރުއަޅާ މަހުގެ ބައިތައް އެޅުމަށް މަތިޖަހާފައި ހަންބުރި ފަދަ އެއްޗެއް ބެހެއްޓުން. އަދި ހަންބުރިއަށް އެފަދަ އެއްޗެއް އަޅާފައިވާނަމަ އެތަކެއްޗާމެދުވެސް މިމާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޢަމަލުކުރުން. (ކަނޑަށް އުކާލުން)

(ވ) މަސްވެރިންގެހިޔާ ސާފުކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.

(މ) މަސްވެރިންގެހިޔާއަށް ބޭނުންވާ ފެންޖަހާ ހޮޅި، އިސްކުރާއި، ދިއްލާ ހޮޅިބުރި އަނދައި، އެއްޗެއް ހަލާކުވެއްޖެނަމަ ކައުންސިލްގެ އިދާރާއަށް ހުށަހަޅައިގެން ހޯދާ އެކަމެއް އަވަސް މުއްދަތެއްގައި ހައްލުކުރުން.

(ފ) މާރުކޭޓަށް އެޅޭފެން ބޭރުކުރުމަށް އަރިމަތީ ހަދާފައިވާ ޖަންކްޝަންތައް 3 މަހުން ސާފުކުރުން.

  •    މާކްސް ދެވޭގޮތުގެ ތަފްސީލު:

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

90%

  •    ހިދުމަތުގެ އަގަށްދޭ މާކްސް
  •   މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  •  މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  •  މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  •   މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

                    މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

10 ޑިސެންބަރު 2023
ހޯދާ