ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭ

އިޢުލާން

 

2024 ވަނަ އަހަރު ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭ

 

     01 ޖެނުއަރީ 2024 ން ފެށިގެން 31 ޑިސެންބަރ 2024 ގެ ނިޔަލަށް  މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް     ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިޢްލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

      މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޑިސެމްބަރ 11 ން 2023 ޑިސެމްބަރ 14 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:30އާއި ދެމެދު ސުކޫލަށް ގުޅުއްވާ ނުވަތަ އީ މެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 17 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެމްބަރ 18 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް  ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އާއި  ބަދަލުގައި  ދުރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި ސްކޫލްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ  ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.  

 

        ލަންދޫ ސުކޫލް

        ނ. ލަންދޫ / ދިވެހިރާއްޖެ

        ފޯން: 6560657

        އީމެއިލް: [email protected]

10 ޑިސެންބަރު 2023
ހޯދާ