ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުން.

              ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އައު އޮފީސް އިމާރާތަށް ބޭނުންވާ ފަރުނީޗަރާއި، ބައެއް ތަކެތި ގަނެ ސަޕްލައި ކުރުމާއި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.   

              ވީމާ، މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުން ފެށިގެން 17 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވުމަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި މި ބީލަމުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މި އިދާރާއިން ހޯދުމަށް ބޭނުންވާ ފަރުނީޗަރާއި ގުޅޭ މަޢުލޫމާތު ޝީޓު އީ-މެއިލް ކުރެވޭނެއެވެ. މި މަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 19 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މައުލޫމާތު ދިނުމުގެ މި ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

              މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 21 ޑިސެމްބަރ 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވައިގެން ނުވަތަ މިކައުންސިލްގެ ފޯން ނަމްބަރު: 6800730 އަށް ގުޅުއްވުން އެދެމެވެ.

              މިހެންވެ މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

10 ޑިސެންބަރު 2023
ހޯދާ