ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

އިންޓަރނަލް އޮޑިޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލުން

މި ކުންފުނީގެ ނަންބަރު 2023/02/UVH)IUL) (21 ނޮވެމްބަރ 2023) ގެ އިޢްލާނަށް ޙަވާލާދީ ދަންނަވަމެވެ.

މި ކުންފުންޏަށް އިންޓަރނަލް އޮޑިޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޙަވާލާދީފައިވާ އިޢްލާނާއި ގުޅިގެން ލިބުނީ 1 ބިޑް ކަމަށް ވުމާއެކު އަލުން މިމަސައްކަތަށް ބިޑް ހޯދުމަށް އިޢްލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ތިރީގައި އެވާ ގޫގުލް ލިންކު މެދުވެރިކޮށް އެފަރާތެއްގެ ޝައުޤުވެރިކަން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅޭ އިތުރު މައުލޫމާތު ޓާރމްސް އޮފް ރިފެރެންސްގައި ވާނެއެވެ.

ގޫގުލް ލިންކް:

https://forms.gle/fhesZDDjQLwS4NrR6

ބިޑް ކާމިޔާބު ކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މައިގަނޑު ކަންކަން:

  1. އޮޑިޓް މަސައްކަތްތައް ކުރުމުގައި ބައިވެރިވާނެ ފަރާތްތަކުގެ ކެޕޭސިޓީ އާއި ތަޖުރިބާ
  2. އޮޑިޓް މަސައްކަތުގެ ޝެޑިއުލް އަދި މެތަޑޮލޮޖީ
  3. މަސައްކަތުގެ އަގު

ރަޖިސްޓަރ ކުރައްވާ ފަރާތްތަކުން 21 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކުންފުނީގެ ހެޑްއޮފީސް (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގޭޓު 4، ފަޅުމަތީމަގު، މެންހަޓަން ބިޒްނަސް ހޮޓަލުގެ 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ އީމެއިލް ([email protected]) އަށް ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއް ލިއުމުން ފޮނުއްވައި ދެއްވުން އެދެމެވެ. 

10 ޑިސެންބަރު 2023
ހޯދާ