ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ތަރުޖަމާނު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު

 

މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުންއެދެމެވެ.

ކޯޓު/އިދާރާ:

ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

-/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ) މައްސަލަތަކާއި ގުޅިގެން ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް

 

 

ތަރުޖަމާކުރަންޖެހޭ ބަސް:

ބަންގާޅު ބަސް، އިނގިރޭސި ބަސް، ޗައިނާ ބަސް، ޖަޕާނު ބަސް، ހިންދީ ބަސް، އުރުދޫ ބަސް، މަލިޔާޅަމް ބަސް، އަރަބި ބަސް، ސައިން ލޭންގުއޭޖް

މަޤާމުގެ ޝަރުތު:

އިސްވެ ބަޔާންކުރެވުނު ބަސްބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.

ހުށަހަޅަންޖެހޭ ތަކެތި:

-       ތަރުޖަމާނުކަމަށް އެދޭ ސިޓީ

-       ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ

-       ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ  

-       ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

-       ވަނަވަރު (ސީވީ)

ސުންގަޑި:

21 ޑިސެމްބަރ 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކޯޓުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

 

07 ޑިސެންބަރު 2023
ހޯދާ