ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓަންޓް މެނޭޖަރ، ލޮޖިސްޓިކްސް

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން

-          މަސައްކަތުގެ ދާއިރާއިން ތަޖްރިބާ ލިބިފައިވުން

-          މައިކްރޯސޮފްޓް އެކްސެލް، ވާރޑް އަދި އެސް.އޭ.ޕީ ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

މަސްޢޫލިއްޔަތު:

-          އޮޕަޜޭޝަންއަށް މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކަށް މެނޭޖްކޮށް އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ކުރުވުން.

-          އޮޕަރޭސަންގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމަށް ގުޅުންހުރި ޑިޕާޓްމަންޓްތަކާއި ގުޅިގެން ކުރިޔައްދިއުން.

-          އޮޕަރޭޝަންގެ ބަޖެޓް ތައްޔާރުމުގައި ފަންނީ ލަފާދީ އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދުނުން.

މަހު މުސާރަ:

28،000ރ އާއި 30،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 11 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

07 ޑިސެންބަރު 2023
ހޯދާ