ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށު އޮފީސްތަކުގެ 2 ވަނަ ފުޓްސަލް މުބާރާތް 2023 ގައިބައިވެރިވުމާ ގުޅޭ

މި ކައުންސިލްގެ ފަރާތުން ހއ. ބާރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ މުއަށްޒަފުންނަށް އަމާޒުކޮއްގެން އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހި ކުރުމުގެ މަޤުޞަދުގައި ފިރިހެން / އަންހެން ޑިވިޝަންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 17 ޑިސެންބަރ 2023 ވާ އާދިއްތަ ދުވަހުއެވެ.

               ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ބާރަށުގެ އޮފީސްތަކާއި،ކުންފުނި ތަކުން 13 ޑިސެންބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވުމަށް އެދި ހުށައެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ސެޓާއި،މުބާރާތުގެ ޤަވައިދު ރަސްމީ ގަޑިތަކުގައި މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި މުބާރާތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކައުންސިލްގެ ފޯން: 6500016 އެވެ.          

             ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

23  ޖުމާދުލްޢޫލާ 1445                     

07 ޑިސެންބަރު 2023
ހޯދާ